ޗެމްޕިއަންސް ލީގް ފައިނަލް މެޗު މިފަހަރު ދިރާގު ޓީވީ އެޕުން ބަލާލެވޭނެ

ފަސޭހަކަމާއެކު ބޭނުން ތާކު، ބޭނުން ވަގުތަކު މޯބައިލް ފޯނު ނުވަތަ މޯބައިލް ޑިވައިސް ބޭނުންކޮށްގެން މިފަހަރު ޗެމްޕިއަންސް ލީގް ފައިނަލް މެޗް ދިރަގު ޓީވީ އެޕް މެދުވެރިކޮށް ބަލާލެވޭނެ ކަމަށް ދިރާގުން ބުނެފި އެވެ.

ދިރާގުން ބުނިގޮތުގައި ދިރާގު ޓީވީ ކަސްޓަމަރުންނަށް އިތުރު އެއްވެސް ފީއަކާއި ނުލައި ދިރާގު ޓީވީން ފެންނަ އެންމެ މަގުބޫލު ޗެނަލްތައް ދިރާގު ޓީވީ އެޕް މެދުވެރިކޮށް ބަލާލެވޭނެ އެވެ.

“ދިވެހިންނަކީ ޒަމާނުއްސުރެ ފުޓުބޯޅަ އަށް ލޯބިކުރާ ބަޔަކަށް ވީހިނދު ޗެމްޕިއަންސް ލީގަކީ ދިވެހިންގެ މެދުގައި އެންމެ މަގުބޫލު އެއް ފުޓުބޯޅަ ލީގެވެ. އެހެން ކަމުން ދިރާގު ޓީވީ އެޕުން މިފަހަރުގެ ޗެމްޕިއަންސް ލީގް ފައިންލް މެޗް ފަސޭހަކަމާއެކު ބަލާލެވޭނެއެވެ. ގޭގެ ޓިވީގައި އެހެން އެއްޗެއް ބަލަމުން ދިޔަކަމުގައިވިޔަސް އަދި ގެއިން ބޭރުގައި ހުންނަން ޖެހުނުކަމުގައިވިޔަސް ދިރާގު ޓީވީ އެޕް މެދުވެރިކޮށް މެޗްގެ އެއްވެސް ބައެއް ނުގެއްލި ބަލާލެވޭނެއެވެ.” ދިރާގުން ބުންޏެވެ.

ދިރާގު ޓީވީ އެޕް މެދުވެރިކޮށް އެއްފަހަރާ ހަތަރު މޯބައިލް ޑިވައިސްއަކުން ދިރާގު ޓީވީގެ ހިދުމަތް ލިބޭނެއެވެ.
މިގޮތުން ވަކިވަކި ޑިވައިސްތަކުން އެއްފަހަރާ ތަފާތު ޗެނަލްތައް ބަލާލެވޭނެ އެވެ.

މީގެ އިތުރުން، ދިރާގު ޓީވީ އެޕް މެދުވެރިކޮށް ދިވެހި ހުރިހާ ޗެނަލެއް ދުނިޔޭގެ ކޮންމެ ތާކު ހުރިކަމުގައިވިޔަސް ފަސޭހަކަމާއިއެކު ބަލާލެވޭނެއެވެ. މިގޮތުން ރާއްޖެއިންބޭރުގައި އުޅުއްވާ ފަރާތްތަކާއި، ދިރާގު ޓީވީ ޚިދުމަތް ބައްލަވާގެންފައިނުވާ ފަރާތްތަކަށް ދިރާގު ޓީވީ އެޕްގައި ޔޫސަރނޭމް އާއި ޕާސްވޯޑަށް “play” ޖެއްސެވުމުން ދިވެހި ހުރިހާ ޗެނަލްތަކެއް ބަލާލެވޭނެ އެވެ.

ދިރާގު ޓީވީ އަކީ އައިޕީޓީވީ ހިދުމަތެއްކަމުން ރާއްޖޭގެ ކޮންމެ ތާކު ހުރެގެންވެސް ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަނެއްގައި ދިރާގުޓީވީ އެޕް ބޭނުންކުރުމުން އިތުރު އެއްވެސް އިންޓަނެޓް ހަރަދެއް ނުހިނގާނެއެވެ. އަދި މީގެ އިތުރުން ގޭގެ އިންޓަނެޓް ޕެކެޖަށް ކަނޑައެޅިފައިވާ ޔޫސޭޖް އެލަވަންސް އަށްވެސް އަސަރެއްނުކުރާނެއެވެ. އެހެންކަމުން ގޭގައި ވައިފައި މެދުވެރިކޮށް މޯބައިލް ޑިވައިސުން ޓީވީ ކިތަންމެ ވަރަކަށްވެސް ބަލާލެވޭނެއެވެ. ހަމަ އެއާއެކު، މޯބައިލް ޑޭޓާ މެދުވެރިކޮށްވެސް ދިރާގު ޓީވީ އެޕް ބޭނުންކުރެވޭނެ އެވެ.

ދިރާގުޓީވީ ކަސްޓަމަރުންނަށް ދިރާގު ޓީވީ އެޕް އެޕަލް އެޕް ސްޓޯރ އަދި ގޫގްލް ޕްލޭސްޓޯރ އިން ހިލޭ ޑައުންލޯޑް ކުރެވޭނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.