ފުރަތަމަ 15 – ފިތުރު ޒަކާތަށް އޭދަފުށިން ވިހިހާސް ރުފިޔާ

މި ރޯދަމަސް ދެބައިވިއިރު އޭދަފުށިން ފިތުރު ޒަކާތުގެ ގޮތުގައި ވިހިހާހަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް ރަށު ކައުންސިލުން މިއަދު އެވެ.

ކައުންސިލް އިދާރާއިން ބުނި ގޮތުގައި އިއްޔެގެ ނިޔަލަށް ފިތުރު ޒަކާތުގެ ގޮތުގައި 20,556 ރ ދައްކާފައި ވަނީ 1263 މީހެކެވެ.

މިރަށުން މިއަހަރު ފިތުރު ޒަކާތުގެ ގޮތުގައި އާދައިގެ ހަނޑޫ ބޭނުންކުރާ މީހުން ދައްކަން ޖެހެނީ ބޮލަކަށް 12 ރުފިޔާ އަދި ތައިލެންޑް ހަނޑޫ ބޭނުން ކުރާ ފަރާތްތަކުން ބޮލަކަށް 60 ރުފިޔާ އެވެ. ބާސްމަތީ ހަނޑުލުން ޒަކާތުގެ ގޮތުގައި ދައްކަން ޖެހެނީ 85ރ އެވެ.

ކައުންސިލުން ބުނީ މި ރޯދަމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 10:15 ން 13:00 އަށް ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައިވާނެ ކަމަށެވެ.

ޒަކާތް ދައްކަން ޖެހެނީ އަހަރު ތެރޭގައި އާއްމުކޮށް އެ މީހަކު ނުވަތަ އެބަޔަކު ކެއުމަށް ބޭނުންކުރި ހަނޑުލުގެ ބާވަތުން 2.4 ކިލޯ ނުވަތަ އެ އަދަދަށްވާ ފައިސާ އެވެ. މި އަހަރު ޒަކާތް ބަލައިގަންނަނީ 2.4 ކިލޯގެ އަދަދަށްވާ ފައިސާ އިންނެވެ.

ފިތުރު ޒަކާތަކީ އީދު ވިލޭރެ އާއި އީދު ދުވަހު ތިމާއަށާއި ތިމާ ޚަރަދު ދިނުން ލާޒިމުވެފައިވާ ބައެއްގެ މައްޗަށް ޚަރަދު ކުރާނޭ މިންވަރަށްވުރެ، އިތުރަށް ތަނަވަސްކަން ލިބިފައިހުރި ކޮންމެ މުސްލިމެއްގެ މައްޗަށް ހުރި އައިނިއްޔަ ފަރުޟެކެވެ. މި ޒަކާތް ދިނުން އީދު ދުވަހަށްވުރެ ފަސް ކުރުމަކީ ހަރާމުކަމެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.