ގައުމީ ފުޓްބޯޅަ ޓީމުގެ އާ ޖޯޒީ ޑިޒައިންކުރަން ގައުމީ ޓީމުގެ ޕާޓްނާ ބޭންކް އޮފް މޯލްޑިވްސްއިން (ބީއެމްއެލް) އާއްމުންނަށް ހުޅުވާލައިފި އެވެ.
ބީއެމްއެލް ބުނީ ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕާއި ކުރިއަށް އޮތް އެހެން މުބާރާތްތަކުގައި ގައުމީ ޓީމުން ބޭނުން ކުރާނެ ޖޯޒީ ފަރުމާކުރުމަށް އާއްމުންނަށް ހުޅުވާލާފައިވާ ކަމަށާއި ކޮންމެ ދިވެއްސަކަށްވެސް އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
މި މުބާރާތުން އެއްވަނައަށް ހޮވޭ ފަރާތަކަށް ބީއެމްއެލް އިން ވަނީ 25،000 ރުފިޔާގެ ގިފްޓް ކާޑެއް ހުށަހަޅާފަ އެވެ.
ޖޯޒީ ހުށަހެޅުމަށް ބުނެފައިވަނީ ޖޯޒީ ޑިޒައިން ފަރުމާގެ ޕީޑީއެފް ފައިލް 10 އެމްބީ ސައިޒަށްވުރެ ބޮޑު ނުވާ ވަރަށެވެ.
މި މުބާރާތުގައި ޖޯޒީ ޑިޒައިން ކުރަން ހުޅުވާލާފައިވަނީ މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ.