ދިރާގު ޓީވީ އިން 4ކޭ ޗެނަލެއް ތަޢާރަފު ކޮށްފި

ދިރާގު ޓީވީ އިން 4ކޭ ޓީވީ ޗެނަލެއް ތަޢާރަފްކޮށްފި އެވެ.

ދިރާގުން މިއަދު ތަޢާރަފްކުރި “ލަވް ނޭޗާ” ނަމަކަށް ކިޔާ މިޗެނަލަކީ ގުދުރަތީ ރީތި މަންޒަރުތައް ހިތްގައިމު 4ކޭ ކޮލިޓީގައި ގެނެސްދޭ ޑޮކިއުމަންޓަރީ ޗެނަލެކެވެ. މިއީ އޭޝިއާ ޕެސިފިކް ސަރަޙައްދުގައި ވަރަށް ބޮޑު މަޤުބޫލުކަމެއް ލިބެމުންދާ ޗެނެލެކެވެ.”

ދިރާގުން ބުނިގޮތުގައި 4ކޭ ނުވަތަ އަލްޓްރާ ހައި ޑެފިނިޝަން ޓެކްނޮލޮޖީ އަކީ މިހާރުގެ ސްމާޓް ޓީވީ ތަކުން ފެންނާނެ އެންމެ ފުރިހަމަ ކޮލިޓީއެވެ. ދިރާގު ޓީވީ އިން މިއަދު މި ތަޢާރަފް ކުރި ޗެނަލުން ގޭގޭގެ ސިޓިންގ ރޫމްތަކުން 4ކޭ ޓީވީތަކުގެ ފުރިހަމަކަން ތަޖްރިބާކޮށްލުވުމުގެ ފުރުޞަތުލިބިގެން ދާނެކަމަށް ވެސް ދިރާގުން ބުންޏެވެ.

ދިރާގު ޓީވީއިން 4ކޭ ޗެނަލެއް ތަޢާރަފް ކުރުމަކީ ދިރާގުން ރާއްޖޭގެ ކޭބަލް ޓީވީ މާކެޓް އިތުރު ހަރުފަތް ތަކަކަށް ގެންގޮސް ދިނުމަށް ކުރިއަށް އެޅި އެއްފިޔަވަޅުކަމުގައި ދިރާގުން ސިފަކުރެއެވެ. އަދި މީގެ އިތުރުންވެސް ދިރާގު ޓީވީގެ ޚިދުމަތް އިތުރަށް ތަރައްގީ ކޮށް ފުރިހަމަ ކުރުމަށް އިތުރު މަސައްކަތްތައް ކުރިއަށް ގެންދާކަމުގައި އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

“ލަވް ނޭޗާ” ޗެނަލް ތަޢާރަފް ކޮށްފައިވަނީ ދިރާގު ޓީވީ އިންޓްރޯ ޕެކޭޖްގެ ބޯނަސް ޗެނަލެއް ގޮތަށެވެ. މިޗެނަލް ހަމައެކަނި ބެލުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާނީ ފައިބަރ ކަނެކްޝަނެއް މެދުވެރިކޮށް ދިރާގު ޓީވީ ޚިދުމަތް ހޯދާ ފަރާތްތަކަށެވެ.

ދިރާގުން ބުނިގޮތުގައި ފުރަތަމަ މިޗެނަލް ލިބިވަޑައިގަންނަވާނީ މާލެ އާއި މާލެ ކައިރީގައިވާ ފައިބަރ ކަނެކްޝަން ހުރި ރަށްތަކަށެވެ. މިއަހަރު ނިމުމުގެ ކުރިން ދިރާގު ފައިބަރ ކަނެކްޝަން ހުރި ކޮންމެ ރަށަކަށް މިޗެނަލް ބަލާލުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް ވެސް ދިރާގުން ބުންޏެވެ.

ދިރާގު ޓީވީގެ އިންޓްރޑަކްޓަރީ ޕެކޭޖުގެ އަގަކީ މަހަކު އެންމެ 300 ރުފިޔާ އެވެ. މި ޕެކްޖްގައި 80 އަށް ވުރެ ގިނަ ޗެނެލްތައް ބަލާލެވޭނެއެވެ. ދިރާގު ޓީވީ މެދުވެރިކޮށް 4ކޭ ކޮންޓެންޓް ބެލުމަށް ވަކީ ޚާއްސަ ޖޯއިބޮކްސްއެއް ބައްލަވާގަންނަވާކަށް ނުޖެހޭނެއެވެ. މިވަގުތު ކުރިއަށްދާ ޕްރޮމޯޝަންގެ ތެރެއިން ދިރާގު ޓީވީ ބައްލަވާ ގަންނަ ފަރާތްތަކަށް އެއްވެސް އަގަކާނުލާ ޖޯއިބޮކްސް ލިބޭނެއެވެ.

ދިރާގު ޓީވީގެ ހިދުމަތް ހޯދުމަށް ބޭނުންވާނީ ދިރާގު ބްރޯޑްބޭންޑް ކަނެކްޝަނެކެވެ. ޖޯއި ބޮކްސްގެ ޒަރީއާއިން ގޭގައި ދިރާގު ޓީވީގެ ހިދުމަތް ހޯދާ ފަރާތްތަކަށް އިންޓަރނެޓް އެލަވަންސްގެ އަސަރެއް ނުކުރާނެއެވެ. އަދި ހިދުމަތް ގުޅައި ދިނުމަށް ފަހު ދިރާގުގެ ނެޓްވާރކް މެދުވެރިކޮށް ދިރާގު ޓީވީގެ އެކައުންޓް ބޭނުންކޮށްގެން އެހެން ވަސީލަތްތަކުން ވެސް (ލެޕްޓޮޕް، ޓެބްލެޓް އަދި ސްމާޓްފޯން) ރާއްޖޭގެ ކޮންމެތަނެއްގައި ކޮންމެ ވަގުތެއްގައި ޓީވީ ބެލޭނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.