އޭދަފުއްޓާއި ހިތާދޫ އެއްވަރުވެ ގްރޫޕުގެ ފޯރި ގަދަވެއްޖެ

ހިތާދޫ ޓީމު

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ބ. އަތޮޅު ބުރުގައި އޭދަފުއްޓާއި ހިތާދޫ ރޭ ވާދަކުރި މެޗު 2-2 އިން އެއްވަރުވެ ގްރޫޕުގެ ފޯރި ގަދަވެއްޖެއެވެ. ބ. އަތޮޅު ގްރޫޕުގައި ދެން ކުޅެވުނު މެޗުގައި ތުޅާދޫ ވަނީ 4-3 އިން ކުޑަރިކިލުގެ މައްޗަށް ކުރި ހޯދާފައެވެ. ތުޅާދޫ އަތުން ބަލިވުމުން ކުޅުނު ދެ މެޗުންވެސް ބަލިވެ ކުޑަރިކިލު ވަނީ މުބާރާތުން ކަޓާފަ އެވެ.

އޭދަފުއްޓާއި ހިތާދޫ ބައްދަލުކުރި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ އޭދަފުށިންނެވެ. މި ލަނޑު ކާމިޔާބު ކޮށްދިނީ އަލީ މުއާޒް އެވެ. އޭދަފުށިން ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމެން ދަނިކޮށް ހިތާދޫއަށް މެޗުގައި އެއްވަރު ކޮށްދިނީ ސާޖިދު ރަޝީދެވެ.

ދެވަނަ ހާފުގައި ފުރަތަމަ ފެނުނީ ހިތާދޫގެ ގޯލެކެވެ. ލިބުނު ހިލޭ ޖެހުމެއްގައި ތަނަވަސްކުރި ފުރުސަތެއްގައި މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީވެސް ފުރަތަމަ ލަނޑު ޖެހި ސާޖިދު ރަޝީދެވެ. މި ލަނޑާއެކު އޭދަފުށި ޓީމުން ވަނީ ކުރިއަށްޖެހި މެޗު އެއްވަރު ކުރަން މަސައްކަތް ކޮށްފައެވެ. މެޗުގެ ފަހު ފަސް މިނެޓުގައި ހިތާދޫ ޓީމުން ވަނީ ގިނަ ފައުލްތަކެއް ކޮށްފައެވެ.

އޭދަފުށިން މެޗުގެ ނަތީޖާ ހަމަހަމަކުރީ ދެވަނަ ހާފުގައި ހިތާދޫން ކުރި ހަވަނަ ފައުލަށް، ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ވައްދާލައި މުބާރާތުގައި ކުރިއަށް ދިއުމުގެ އުއްމީދެއް އޭދަފުއްޓަށް ގެނެސްދިނީ އަހްމަދު އަޝްރަފް (ސޮބީ) އެވެ. ސޮބީ ޖެހި ޕެނަލްޓީއާއެކު ރެފްރީ ވަނީ މެޗު ނިންމާލާފައެވެ.

މި ގްރޫޕުގައި ކޮންމެ ޓީމެއް ދެމެޗު ކުޅެފައިވާއިރު އޭދަފުއްޓާއި ހިތާދޫ އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ. ނަމަވެސް ލަނޑުގެ ތަފާތުން ކުރި ލިބެނީ ހިތާދޫއަށެވެ. ހިތާދޫއަށް ފައިދާ 6 ގޯލު ލިބިފައިވާއިރު އޭދަފުއްޓަށް ލިބިފައިވަނީ ފައިދާ ދެ ގޯލެވެ. ތިންވަނައިގައި ތުޅާދޫ އޮތީ ރޭގެ މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއި އެކުއެވެ. ފުލުގައި އޮތް ކުޑަރިކިލު ކުޅުނު ދެމެޗުންވެސް ބަލިވެފައި ވާއިރު އެޓީމު ވަނީ މުބާރާތުން ކަޓާފައެވެ.

ބ. އަތޮޅު ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު އޭދަފުށި ހިތާދޫ އަދި ތުޅާދޫއަށް އެބައޮތެވެ. ގްރޫޕުގެ ފަހު މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުގެ ރެއެވެ. ފަހުމެޗުތަކުގައި އޭދަފުށި ކުޑަރިކިލާއި ދެކޮޅަށް ނުކުންނަ އިރު ހިތާދޫ ނުކުންނާއި ތުޅާދޫއާ ދެކޮޅަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.