އޭދަފުށީގައި ގްރާސްރޫޓް ކޯޗިންކޯހެއް ބާއްވަނީ

އެފްއޭއެމް އިން ދާދިފަހުން އައްޑޫގައި ހިންގި ގްރޫސްރޫޓް ކޯޗިން ކޯސް ނިންމި ބައިވެރިން– ފޮޓޯ / އެފްއޭއެމް

ކްލަބް އޭދަފުއްޓާއި ބ. އަތޮޅު ތައުލީމީ މަރުކަޒާ ގުޅިގެން އޭދަފުށީގައި ގްރާސް ރޫޓް ކޯޗިން ކޯހެއް ބާއްވަން އެފްއޭއެމުން ތައްޔާރުވެއްޖެ އެވެ.

ގްރޫސް ރޫޓް ލެވެލް ކޯޗިން ކޯހަކީ އަކީ އެފްއޭއެމް އިން ފީފާގެ އެހީތެރިކަމާއި އެކު ހިންގާ ބާރަ އަހަރުން ދަށުގެ ކުޑަ ކުދިންނަށް ފުޓްބޯޅަ ކުޅެން ދަސްކޮށްދީ ޑިސިޕްލިން ކުރުމަށް ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ބޭނުމަކީ ކުޑަކުދިން ފުޓްބޯޅައަށް އަހުލުވެރިކޮށް، ތަމްރީނުތައް ފޯރުކޮށްދިނުމެވެ.

ގްރާސް ރޫޓް ކޯޗިން ކޯހުގައި ތަމްރީން ކުރާ ކޯޗުން ކޮންމެހެން ފުޓްބޯޅައިގެ ހުނަރު ހުންނަ ބަޔަކަށް ވާކަށް ނުޖެހެއެވެ. ދެ ޖިންސުގެ މީހުންނަށް މި ކޯހުގައި ބައިވެރިވެވޭނެ އެވެ.

އަންނަމަހުގެ 12-18 އަށް ބާއްވާ މި ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 31 ވަނަ ދުވަހުގެ ކުރިން ހުށަހަޅަން ޖެހެ އެވެ. އެޕްލިކޭޝަން ފޯމް ސަލްސާ އޭދަފުށީ ރިޓްރީޓުންނާއި ބ. އަތޮޅު ތައުލީމީ މަރުކަޒުން ލިބެން ހުންނާނެ އެވެ. އިތުރު މައުލޫމާތު 7761829، 7918631 އަށް ގުޅުމުން ލިބޭނެ އެވެ.

ގްރާސް ރޫޓް ލެވެލް ކޯހުގެ ތެރެއިން ކުޑަކުދިންގެ ފުޓްބޯޅަ ފެސްޓިވަލެއް ވެސް ކުރިއަށް ގެންދާނެ އެވެ.

ފީފާގެ އެހީތެރިކަމާ އެކު ދުނިޔޭގެ އެކި ގައުމުތަކުގައި ހިންގާފައިވާ ގްރާސްރޫޓް ޕްރޮގްރާމްތަކުގެ ސަބަބުން ފާއިތުވި 10 ވަރަކަށް އަހަރުތެރޭ ބައިލައްކަ އަށްވުރެ ގިނަ ކުޅުންތެރިން ފުޓްބޯޅަ އަށް ނެރެދީފައިވާ ކަމަށް ދިރާސާތަކުން ދައްކަ އެވެ.

ދާދިފަހުން އެފްއޭއެމް އިން ވަނީ އައްޑޫގައި ވެސް ގްރާސްރޫޓް ލެވެލް ކޯޗިން ކޯހެއް ހިންގައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.