ބެޑްމިންޓަން ލީގުގެ ޗެމްޕިއަންކަން މިފަހަރު ވެސް ބ. އަތޮޅު ތައުލީމީ މަރުކަޒަށް

ތައުލީމީ މަރުކަޒުގެ ޓީމު ޗެމްޕިއަން ޓްރޮފީއާއެކު

ބ. އޭދަފުށީގައި ހުރި ސަރުކާރު އޮފީސް އަދި ކުންފުނިތަކަށް ހުޅުވާލައިގެން ބޭއްވި އިންޓަރ އޮފީސް ބެޑްމިންޓަން ލީގުގެ ޗެމްޕިއަންކަން ބ. އަތޮޅު ތައުލީމީ މަރުކަޒު ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ހޯދައިފި އެވެ.

މިރޭ ކުޅުނު ފައިނަލުގައި ތައުލީމީ މަރުކަޒު ވާދަކުރީ ބީއެމްއެލް/އުރީދޫ/ބަޔޮސްފިއާ ކޮމްބައިން ޓީމާ އެވެ. ތައުލީމީ މަރުކަޒު މޮޅުވީ ޓައިގައި ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެގެންނެވެ. ބީއެމްއެލް ކޮމްބައިން ޓީމު މޮޅުވީ ޓައިގެ އެއް މެޗުންނެވެ.

ފައިނަލް މެޗަށް ފަހު އޮތް މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ޗެމްޕިއަން ޓީމަށް ޓްރޮފީއާއި މެޑަލް އަދި ފައިސާގެ އިނާމު ހަވާލުކޮށްދެއްވީ އަތޮޅު އަތޮޅު ކައުންސިލުގެ ރައީސް މަބްރޫކް ނަސީރެ އެވެ.

މުބާރާތުގެ އެންމެމޮޅު އަންހެން ކުޅުންތެރިއަކަށް ބީއެމްއެލް ކޮމްބައިން ޓީމުގެ ޖުނައިނާ ޖާދުﷲ ހޮވުނުއިރު، ފިރިހެން ކުޅުންތެރިއަކަށް ހޮވުނީ ތައުލީމީ މަރުކަޒުގެ ޓީމަށް ކުޅުނު އާސިފު އާދަމް މަނިކު އެވެ.

އޭދަފުށީގައި ހުރި ސަރުކާރު އޮފީސް/ކުންފުނިތަކަށް ހުޅުވާލައިގެން ބޭއްވި މި މުބާރާތުގައި ފަސް ޓީމު ވާދަކުރި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.