ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އަތޮޅު ޗެމްޕިއަންކަން ކަނޑައަޅާ މެޗުތައް މިރޭ

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ބ. އަތޮޅު ޗެމްޕިއަންކަން ކަނޑައަޅާ މެޗުތައް މިރޭ ކުޅެވޭނެއެވެ. ބ. އަތޮޅު ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު ލިބިފައިވަނީ އޭދަފުއްޓާއި ތުޅާދޫ އަދި ހިތާދޫއަށެވެ.

ބ. އަތޮޅުން މިރޭ ކުޅޭ ދެމެޗުވެސް ފަށާނީ 8 ޖަހާއިރު އެވެ. އޭދަފުއްޓާއި މިހާރުވެސް މުބާރާތުން ކަޓާފައިވާ ކުޑަރިކިލު ވާދަކުރާއިރު ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހިތާދޫ އަދި ތުޅާދޫ އެވެ.

ކޮންމެ ޓީމެއް ދެމެޗު މިހާތަނަށް ކުޅެފައިވާއިރު ހަތަރު ޕޮއިންޓާއި ފައިދާ ހަ ގޯލާއެކު ކުރީގައި އޮތީ ހިތާދޫ އެވެ. ހަތަރު ޕޮއިންޓާއި ފައިދާ ދެ ގޯލާއެކު އޭދަފުއްޓަށް ދެވަނަ ލިބޭއިރު ތިން ޕޮއިންޓާއި ގެއްލުން އެއް ގޯލާއެކު ތުޅާދޫ އޮތީ ތިންވަނައިގައެވެ. ކުޅުނު ދެމެޗުންވެސް ބަލިވެ ކުޑަރިކިލަށް އަތޮޅު ޗެމްޕިއަންކަން ލިބުމުގެ ފުރުސަތެއް ނެތެވެ.

މިރޭގެ މެޗުގައި އަތޮޅު ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު ތުޅާދޫއަށް ލިބޭނީ ހިތާދޫ ބަލިކޮށް އަދި ކުޑަރިކިލު އަތުން އޭދަފުށި ބަލިވެއްޖެ ނަމައެވެ. އަތޮޅު ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު އެންމެ ބޮޑީ އޭދަފުއްޓާއީ ހިތާދޫއަށެވެ. މި ދެޓީމުވެސް މިރޭ ކުޅޭ މެޗުތަކުން މޮޅުވެއްޖެ ނަމަ އަތޮޅު ޗެމްޕިއަންކަން ލިބޭނީ ފައިދާ ގޯލު އެންމެ ގިނަ ޓީމަކަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.