ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ބ.އަތޮޅު ޗެމްޕިއަންކަން އޭދަފުއްޓަށް


ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ބ. އަތޮޅު ބުރުގެ ޗެމްޕިއަންކަން އޭދަފުށި ހޯދައިފިއެވެ.

މި މުބާރާތުގައި ފުރަތަމަ ފަހަރަށް ބައިވެރިވި އޭދަފުށި ޗެމްޕިއަންކަން ހޯދީ މިރޭ ކުޅުނު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ކުޑަރިކިލު ކޮޅަށް 18 ގޯލް ޖަހައި ލަނޑުގެ ތަފާތުން ހިތާދޫއަށްވުރެ ކުރި ހޯދައިގެންނެވެ. މިރޭގެ މެޗަށްފަހު ޗެމްޕިއަން އޭދަފުއްޓަށް ވަނީ ތައްޓާއި މެޑަލް ހަވާލުކޮށްފައެވެ.

މިރޭގެ މެޗު އޭދަފުށި 1-18 އިން ކާމިޔާބު ކުރިއިރު ހިތާދޫ ވަނީ 10-2 އިން ތުޅާދޫ ބަލިކޮށްފައެވެ. ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމުނު އިރު އޭދަފުށި އަދި ހިތާދޫއަށްވެސް ލިބުނީ 7 ޕޮއިންޓެވެ. އޭދަފުއްޓަށް ޗެމްޕިއަންކަން ޔަގީންވީ ހިތާދޫއަށްވުރެ ފައިދާ ފަސް ލަނޑު އިތުރުވުމުންނެވެ. ތިން މެޗުން ހިތާދޫއަށް ފައިދާ 14 ގޯލު ލިބުނުއިރު އޭދަފުއްޓަށް ފައިދާ 19 ގޯލު ލިބިފައިވެއެވެ. ގްރޫޕުގެ ތިންވަނަ، ތިން ޕޮއިންޓާއެކު މިދިޔަ އަހަރުގެ ޗެމްޕިއަން ތުޅާދޫއަށް ލިބުނުއިރު ފުލަށް ދިޔައީ އެއްވެސް މެޗަކުން މޮޅެއް ނުހޯދުނު ކުޑަރިކިލެވެ.

މި ކާމިޔާބީއާއެކު އޭދަފުށި ދެން ވާދަކުރާނީ މި މުބާރާތުގެ ޒޯން ބުރުގައެވެ. އޭދަފުށި ހިމެނޭ ޒޯންގައި ހިމެނެނީ ރ އަދި ނ އަތޮޅެވެ. ޒޯން ބުރުން ގަދަ ދެޓީމު ގަދަ 16 އަށް ދަތުރު ކުރާއިރު، އެ ބުރުގައި ޖުމްލަ 16 ރަށަކުން ކުޅޭނެއެވެ. މިފަހަރުގެ މުބާރާތުގައި 55 ރަށަކުން ވާދަކުރާއިރު މިއީ މުޅި ރާއްޖޭގެ ރަށްތަކަށް އަމާޒުކޮށްގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.