ވިލާ ކޮލެޖުގެ އާ ކޯސްތަކެއް އޭދަފުށީގައި ފަށަނީ

ވިލާ ކޮލެޖުގެ ބެންޗުގައި ދަރިވަރުންތަކެއް މަޑުކޮށްލައިގެން: ހިތްފަސޭހަ މާހައުލެއްގައި ކިޔެވުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައި.– ފޮޓޯ: ނިޝާން އަލީ/ މިހާރު

ވިލާ ކޮލެޖުން ސެޕްޓެމްބަރ 2018 ގެ އިންޓޭކުގައި ބ. އޭދަފުށީގައި މުޅިން އަލަށް ކޯސްތަކެއް ފެށުމަށް ހަމަޖެހިއްޖެ އެވެ. އެގޮތުން ފެށުމަށް ހަމަޖެހިފައިވާ ކޯސްތައް ތިރީގައި އެވަނީ އެވެ.

• މާސްޓާސް އޮފް އެޑިޔުކޭޝަން އިން ޓީޗިންގ (1 އަހަރު)
• މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (1 އަހަރު)
• ސެޓްފިކެޓް 4 އިން ނާރސިންގ ( 1 އަހަރު)

މި ކޯސްތަކުގެ ތެރެއިން މާސްޓާސް އޮފް އެޑިޔުކޭޝަން އިން ޓީޗިންގ ކޯހަކީ ޓީޗިންގ ނުވަތަ އެޑިޔުކޭޝަން ދާއިރާއިން ޑިގްރީއެއް ނުވަތަ ލެވެލް 8 ގެ ކޮލިފިކޭޝަނެއް ހާސިލް ކުރައްވާފައިވާ ކޮންމެ ބޭފުޅަކަށްވެސް ބައިވެރި ވެނޭނެ ކޯހެކެވެ. އަދި މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ކޯހަކީ ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން ނުވަތަ އެއާއި ގުޅޭ ދާއިރާއަކުން ލެވެލް 7 ނުވަތަ ލެވެލް 8 ހާސިލްކޮށްފައިވާ ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވެވޭނެ ކޯހެއް ކަމުގައި މައުލޫމާތު ދެއްވަ އެވެ.

ސެޓްފިކެޓް 4 އިން ނާރސިންގ ކޯހަކީ ޖީސީއީ އޯލެވެލް 3 މާއްދާއިން (ސީ ނުވަތަ އެއަށްވުރެ މަތިން) ފާސްވެފައިވާ ނުވަތަ ގުޅޭ ދާއިރާއަކުން ސެޓްފިކެޓް 3 ހާސިލް ކޮށްފައިވާ ކުދިންނަށް ނަރުސް ކަމުގެ ދާއިރާއިން ކުރިއަށް ދިއުމަށް އޮތް ރަނުގެ ފުރުސަތެކެވެ. މި ކޯސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބްލެންޑެޑް މޯޑަށް ކަމަށާއި އަދި މި ތިން ކޯހުގެ މުއްދަތަކީ ވެސް 1 އަހަރު ދުވަސް ކަމަށް މައުލޫމާތު ލިބެއެވެ.

ވިލާ ކޮލެޖުން ބުނިގޮތުގައި އަލަށް ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަކީ މުޅިން ވެސް ވިލާ ކޮލެޖުގެ އަމިއްލަ ކޯސް ތަކެއް ކަމަށާއި އަދި މިކޯސް ތަކަކީ ރަށުގައި ތިބެގެން އެންމެ މަތީ ފެންވަރަށް ކިޔެވުމަށް އޮތް ރަނގަޅު ފުރުސަތު ތަކެއް ކަމަށް ކަމަށެވެ. މި ކޯސް ތަކަކީ ވިލާ ކޮލެޖުގެ އަމިއްލަ ކޯސް ތަކެއް ކަމުން މި ކޯސްތަކުގެ އަގުތައް ހުރީ އެކަށީގެންވާ މިންވަރެއްގައި ކަމަށާއި އަދި މިކޯސްތަކަށް ކިޔަވައި ދިނުމަށް ލެކްޗަރާއިންގެ ގޮތުގައި މާލެއިން ވަޑައިގަންނަވާނީ އެދާއިރާ ތަކުގެ ތަޖުރިބާ ކާރުން ކަމަށް ވެސް ވިލާ ކޮލެޖުން ބުންޏެވެ.

ވިލާ ކޮލެޖް މަޝްހޫރުވެފައި ވަނީ ކިޔަވައި ދިނުމުގެ ފެންވަރު އެންމެ މަތީގައި ހިފަހައްޓާ އަދި ފެންވަރު ރަނގަޅު ތަފާތު ކޯސްތަކެއް ހިންގާ ކޮލެޖެއްގެ ގޮތުގަ އެވެ. އަދި އެކޮލެޖްގެ ލެކްޗަރާއިންގެ ގޮތުގައި މާލެއިން ގިނަ ތަޖުރިބާކާރުން ތަކެއް ވަޑައިގަންނަވާ ކަމަށާއި މިކަމުގެ ސަބަބުން ކިޔަވާ ދަރިވަރުނަށް ލިބިގެންދާ އިލްމާއި ތަޖުރިބާގެ ފެންވަރު ރަނގަޅުވެފައި ތަފާތު ކަމަށް އެކޮލެޖުގައި ކިޔަވާ ދަރިވަރުން ފާހަގަކުރެ އެވެ.

މި ކޯސްތަކާއި ބެހޭ މައުލޫމާތު ބޭނުންފުޅުވާ ބޭފުޅުން 7973343 މިނަންބަރަށް ގުޅުއްވާ މައުލޫމާތު ހޯއްދެވޭނެ ކަމަށް ކޮލެޖުން މައުލޫމާތު ދެއްވައެވެ. އަދި މައުލޫމާތު ދިނުމުގެ ސެޝަން އެއް އަންނަ ހޮނިހިރު (28 ޖުލައި ) ދުވަހުގެ ރޭ އޭދަފުށީގައި އޮންނާނެ ކަމަށްވެސް މައުލޫމާތު ދެއްވަ އެވެ. ވީމާ ވީހާވެސް ގިނަ ބެލެނިވެރިންނާއި ކޯހަށް ޝައުގުވެރިވާ ބޭފުޅުން މި ސެޝަން އަށް ވަޑައިގެންނެވުމަށް އެ ކޮލެޖުން އެދިލައްވަ އެވެ.

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.