ޝެއިޚް މަޖީދަށާއި އަބްދުއްރަޝީދަށް ގައުމީ އިނާމު ލިބިވަޑައިގެންފި

އަބްދުލްމަޖީދު މުހައްމަދަށް، މިރޭ ރައީސް އިނާމުދެއްވަނީ

އޭދަފުށީ ދެ ބޭފުޅަކަށް ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންފި އެވެ.

މިރޭ ގައުމީ އިނާމު ލިބިވަޑައިގެންނެވި އޭދަފުށީ ދެ ބޭފުޅުންނަކީ އޭދަފުށީ ފިނިހިޔާގޭ އައްޝައިޚް އަބްދުލްމަޖީދު މުޙައްމަދު އާއި ދިލްކަޝްގޭ ޢަބްދުއްރަޝީދު އަލީ އެވެ.

ޢަބްދުލްމަޖީދު މުހައްމަދަށް ހިތްވަރުދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވީ ކީރިތި ޤުރުއާން ކިޔެވުމަށާއި އުނގަންނައިދިނުމާއި، ކީރިތި ޤުރުއާނުގެ ޢީލްމުގެ ދާއިރާއިން ކީރިތި ޤުރުއާން ކިޔެވުމާއި އުނގަންނައިދނުމުގެ ދާއިރާއިންނެވެ.

އަބްދުއްރަޝީދު ޢަލީ އަށް ހިތްވަރުދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ދިވެހި ބަހާއި ދިވެހި ބަހުގެ އިލްމު ކުރިއެރުވުމާއި ބަސް ދިރާސާ ކުރުމުގެ ދާއިރާއިންނެވެ.

އަބްދުއްރަޝީދު އަލީ އަށް، މިރޭ ރައީސް އިނާމުދެއްވަނީ

ޝަރަފުވެރި ކަމުގެ މި އަހަރުގެ ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 20 ބޭފުޅަކަށް، މިރޭ ސަރުކާރުން ވަނީ ދީފައެވެ.

މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި މިރޭ އިނާމުތައް ހަވާލުކޮށްދެއްވީ ރައީސް އަބްދުﷲ ޔާމީނެވެ.

“އީޓީ” ގެ ފަރާތުން ޝެއިޚް މަޖީދު އަދި އަބްދުއްރަޝީދު އަށް ވަރަށް ހޫނު މަރުހަބާއެއް ކިޔަމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.