ކެމްޕޭނަށް އިބޫ ބ. އަތޮޅަށް ވަޑައިގެންފި

ގުޅިފައިވާ އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހް ކެމްޕޭނު ދަތުރުފުޅެއްގައި މިއަދު ބ. އަތޮޅަށް ވަޑައިގެންފިއެވެ.

މި އަތޮޅު ރައްޔިތުންނާ ބައްދަލުކޮށް، ޚިޔާލު ހޯއްދެވުމަށް އިބޫ ފެއްޓެވި ދަތުރުފުޅުގައި ބ. އަތޮޅުގެ 9 ރަށަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން އާދިއްތަ ދުވަހު ހިތާދޫއަށާއި މާޅޮހުގެ އިތުރުން އޭދައްފުއްޓަށާއި ދަރަވަންދޫ އަށް ވެސް އިބޫ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައިއެވެ. އަދި އެ އަށް ފަހު ހޯމަ ދުވަހު އެމަނިކުފާނު މި އަތޮޅު ކެންދޫއަށާއި ކަމަދޫގެ އިތުރުން ކުޑަރިކިލަށް ވެސް ވަޑައިގަންނަވާނެއެވެ.

އަދި މިރޭ ތުޅާދޫގައި އިއްތިހާދުގެ ބޮޑު ޖަލްސާއެއް ބޭއްވުމުގެ ތައްޔާރީތައް ވެސް ޕާޓީތަކުން ވަނީ ފަށާފައެވެ

އިބޫ ވިދާޅުވިގޮތުގައި މިދަތުރުގައި ކޯލިޝަންގަ ހިމެނޭ ހުރިހާ ޕާޓީތަށް ޖުމްހޫރީޕާޓީ ، އަދާލަތު ޕާޓީ ، ރައީސް މައުމޫން ގެ ރީފޯމް މޫވްމަންޓް އިން ބައިވެރިވެވަޑައި ގަންނަވައެވެ.

ބ އަތޮޅަށް ކުރާ މިދަތުރުގެ އެންމެ ބޮޑު ބޭނުމަކީ މެނިފެސްޓޯގެ ތަފްސީލުތަކަށް ދާއިރު ރަތްޔިތުންގެ ޝުއޫރުތަށް އަޑުއެހުމާއެކު ރަތްޔިތުންގެ އިހްސާސްތައް އަޑުއަހައި މެނިފެސްޓޯގައި ރައްޔިތުންއެދޭ ކަންތައްތައް ހިމެނުންކަމަށް އިބޫ ވިދާޅުވިއެވެ.

އިބޫގެ މި ދަތުރުފުޅުގައި، ޖުމްހޫރީޕާޓީގެ ވެރިޔާ ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާގެ އިތުރުން، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.