ބ. އޭދަފުށީގައި ހުރި ސަރުކާރުގެ އޮފީސް އަދި ކުންފުނިތަކަށް ހުޅުވާލައިގެން ބޭއްވި އިންޓަ އޮފީސް ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން ދިރާގު ބަލިކޮށް އުރީދޫން ރޭ ހޯދައިފި އެވެ. މިއީ އުރީދޫން މި މުބާރާތް ކާމިޔާބުކުރި ދެ ވަނަ ފަހަރެވެ.
އޭދަފުށީ ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ފައިނަލް މެޗު އުރީދޫން ކާމިޔާބުކުރީ 12-7 ލަނޑުންނެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ މުބާރާތުގެ މޮޅު ކުޅުންތެރިޔާ އަދި އެންމެގިނަ ގޯލްޖެހި ކުޅުންތެރިޔާގެ މަގާމު ހޯދި އުރީދޫގެ މުހައްމަދު ފާސިރު އާއި ހާފިޒު އަހްމަދު އާއި ދިރާގުގެ ޒައިން ސަމީރު އާއި މުހައްމަދު އިރުޝާމު އާއި ހޮސްޕިޓަލް ޓީމުގެ އަބްދުލްމަތީން އެވެ.
މި ފަހަރުގެ މުބާރާތުގައި ވާދަކޮށްފައިވަނީ ހަތް ޓީމެވެ. އެއީ އުރީދޫ އާއި ދިރާގުގެ އިތުރުން އަތޮޅު ހޮސްޕިޓަލާއި އޭދަފުށީ ޕޮލިހާއި ފެނަކަ އާއި އެސްޓީއޯ/އަތޮޅު ކައުންސިލް ކޮމްބައިން ޓީމުގެ އިތުރުން ޕަބްލިކް ވޯކްސް/ރަށު ކައުންސިލް/ބަޔޮސްފިއާގެ ކޮމްބައިން ޓީމެވެ.