ގޯލްޑަން ފުޓްސަލް ޒޯން ބުރުގެ ފުރަތަމަ މެޗުގައި އޭދަފުށި މިރޭ އަލިފުށްޓާއި ދެކޮޅަށް

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް މުބާރާތުގެ ޒޯން ބުރުގެ ފުރަތަމަ މެޗުގައި އޭދަފުށި މިރޭ ރ. އަތޮޅު ޗެމްޕިއަންކަން ހޯދި އަލިފުށްޓާއި ދެކޮޅަށް ނުކުންނާނެއެވެ. އޭދަފުށްޓާއި އަލިފުށީގެ އިތުރުން ޒޯން ދޭއްގައި ދެން ހިމެނެނީ ނ. އަތޮޅުގެ ޗެމްޕިއަންކަން ހޯދި މާފަރެވެ.

އަލިފުށި ރ. އަތޮޅުގެ ޗެމްޕިއަންކަން ހޯދީ މިދިޔަ އަހަރު ޒޯން މުބާރާތްވެސް ކާމިޔާބު ކުރި އެއަތޮޅު އިނގުރައިދޫ ދެމެޗުން ބަލިކުރުމަށްފަހުއެވެ. މާފަރު ޓީމު ނ. އަތޮޅުގެ ޗެމްޕިއަންކަން ހޯދީ އެ އަތޮޅުން ބައިވެރިވި ކުޑަފަރި އަދި މަނަދޫވެސް ފަސޭހަކަމާއެކު ބަލިކޮށްގެންނެވެ. އޭދަފުށި ޒޯން ބުރަށް ކޮލިފައިވީ ހިތާދޫއާ ޕޮއިންޓުގެ ގޮތުން އެއްވަރުވެ ފައިދާ ފަސް ގޯލު އިތުރުވުމުންނެވެ. ކޮންމެ ޒޯނަކުންވެސް ގަދަ 16 އަށް ދެޓީމެއް ކޮލިފައިވާނެއެވެ.

ޒޯން ބުރުގައި އޭދަފުށްޓާއި އަލިފުށި ބައްދަލުކުރާ މެޗު ފަށާނީ މިރޭ 9 ޖަހާއިރު މާފަންނު މިނީ ގްރައުންޑް ގައެވެ. މި މެޗުގައި އޭދަފުއްޓަށް ސަޕޯޓް ކުރުމަށް ރަށަށް ނިސްބަތްވާ ވީހާވެސް ގިނަ ސަޕޯޓަރުން ދަނޑަށް ދިއުމަށް ޓީމުން އެދެއެވެ.

ޒޯން ބުރުގެ މެޗުތައް
އޭދަފުށި – އަލިފުށި (އާދީއްތަ 21:00)
އަލިފުށި – މާފަރު (ހޯމަ 21:00)
އޭދަފުށި – މާފަރު (އަންގާރަ 21:00)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.