ފަހަތުން އަރައި ރޯޔަލް އަތުން ފިނޮޅު މޮޅުވެއްޖެ

ފިނޮޅާއި ރޯޔަލް ބައްދަލުކުރި މެޗުގެ ތެރެއިން

އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު މެޗުން ރޯޔަލް އައިލެންޑް ރިސޯޓް އަތުން ފިނޮޅު ރިސޯޓް މޮޅުވެއްޖެ އެވެ.

ބ. އޭދަފުށި ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު ފިނޮޅުން ކާމިޔާބުކުރީ ރޯޔަލް އައިލެންޑް ރިސޯޓުން ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރާ ދެ ލަނޑު ޖަހައިގެންނެވެ.

މި މެޗުގައި ރޯޔަލް އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ހަތާވީސް ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އުބައިދުﷲ އަބްދުﷲ އެވެ.

އެހެންނަމަވެސް ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ދެ މިނިޓުގެ ތެރޭގައި ފިނޮޅު ރިސޯޓުގެ މުހައްމަދު ރީހާން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ފިނޮޅު ރިސޯޓަށް ހަމަހަމަކޮށްދީފައެވެ.

މި މެޗުން ފިނޮޅު ރިސޯޓަށް ތިން ޕޮއިންޓް ޔަގީންކޮށްދިން ލަނޑު މެޗުގެ 60 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަހުމަދު ނިޒާމްއެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނީ ފިނޮޅު ރިސޯޓުގެ މުހައްމަދު ރީހާނަށެވެ.

ބ. އަތޮޅުގެ އަށް ރިސޯޓަކުން ވާދަކުރާ މި މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ދުސިތް ދާނީ މޯލްޑިވްސް އާއި އަމިއްލަފުށި ރިސޯޓު އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.