އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު މެޗުން އަމިއްލަފުށީ އަތުން 2-1 އިން ޑުސިޓް ތާނީ މޯލްޑިވްސް މޮޅުވެއްޖެ އެވެ.
މިއަދު ހަވީރު އޭދަފުށީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ލީޑު ނެގީ އަމިއްލަ ފުށިންނެވެ. މެޗްގެ 4 ވަނަ މިނިޓްގައި އަމިއްލަފުށިން ލަނޑު ކާމިޔާބު ކުރީ އަލީ ސަމީއު އެވެ. އޭގެ އިރުކޮޅެއް ފަހުން ދުސިތް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ހަސަން ޒަރީރު އެވެ.
ދުސިތް މޮޅުވީ މެޗު ނިމެން ދިހަ މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ކުޅޭ އޭދަފުށީ ފުޓްބޯޅަ ޓީމުގެ ފޯވާޑް މުހައްމަދު ފާސިރު (ފާއްޓެ) ޖެހި ލަނޑުންނެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކީ ދުސިތްގެ އިބްރާހީމް ފަޒީލު އެވެ.
މި މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި އަންނަތަރާ ކިހަވައް މޯލްޑިވްސް ކުޅޭނީ މިލައިދޫ އައިލެންޑް މޯލްޑިވްސް އާ އެވެ.