ގޮއިދޫ ސްކޫލްގައި “މިސައިލެއް” ޓެސްޓްކޮށްފި

ބ. ގޮއިދޫ ސްކޫލްގެ ގްރޭޑް އަށެއްގައި ކިިޔަވަމުންދާ ދަރިވަރުންތަކެއް އެ ސްކޫޅުގެ ސައިންސް ފެއާގައި ޓެސްޓްކުރި “މިސައިލަށް” ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ.

ގޮއިދޫ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ނިޒާމް ވިދާޅުވި ގޮތުގައި “މިސައިލް” ޓެސްޓްކޮށްފައިވަނީ އެ ސްކޫލުގެ މިއަހަރުގެ ސައިންސް ފެއާގަ އެވެ.

އެސްލޯން ހޮޅި އާއި ހުސް ފުޅި ބޭނުންކޮށްގެން ހެދި އެ މިސައިލް ޓެސްޓް ކުރުމަށް ބޭނުންކޮށްފައި ވަނީ ފެނާއި ވައެވެ. އެސްލޯން ހޮޅިން ހެދީ ރޮކެޓް ލައުންޗާއެވެ. އަދި ރޮކެޓް ހަދާފައި ވަނީ ފުޅިންނެވެ.

ގޮއިދޫ ސްކޫލުން ބުނީ މިފަދަ ފެއާއެއް ބޭއްވުމުން ކުދިން ވަރަށް ބޮޑަށް އެކަން ޝައުގުވެރިވެގެން ކުރިއަށްގެންދިޔަ ފާހަގަކޮށްލުވުނު ކަމަށެވެ. އަދި މި އަހަަރުގެ ފެއާގައިވެސް ތަފަތު ޕްރޮޖެކްޓުތައް ފެނިގެންދިޔައިރު، އޭގެ ތެރެއިން ގިނަ ބައެއްގެ ސަމާލުކަން ލިބުނީ ގްރޭޑް އަށެއްގެ ކުދިން ހެދި މިސައިލްއަށް ކަމަށް އެ ސްކޫލުން ބުންޏެވެ.

ނިޒާމް ވިދާޅުވި ގޮތުގައި އެ ފެއާގެ މަގުސަދަކީ ކުދިން ސައިންސްގައި ކިޔަވާ އެކިއެކި ޓޮޕިކްތަކާއި، އަދި ސައިންސް ހުނަރު ކުރިއަރުވައި، ކުދިންނަށް އެ ކަންތަކުގެ އަމަލީ ތަޖުރިބާ ހޯދައިދިނުމެވެ.

ސައިންސް ފެއާގައި މިގޮތަށް ޕްރޮޖެކްޓެއް ހެދި ކަމުގައި ވިޔަސް އެ ކުދިން އެއާ ގުޅޭ މައުލޫމާތު ދޭން ޖެހެެއެވެ. އެގޮތުން އޭގައި އެކުލެވޭ ސައިންސްގެ ކަންތައްތަކާއި، މިހެން ވަނީ ކީއްވެތޯއާއި، އަދި އެ ނޫންވެސް އެ ޕްރޮޖެކްޓާއި ގުޅޭ މައުލޫމާތު ދޭން ޖެހެއެވެ.

ކީ ސްޓޭޖުތައް ވަކިން ކުރިއަށްގެންދިޔަ އެ ފެއާގައި ސްކޫލްގެ ހުރިހާ ގްރޭޑަކުންވެސް ބައިވެރިވިއެވެ. ކޮންމެ ގްރޭޑަކުންވެސް ދެ ޕްރޮޖެކްޓެއް ދައްކާލި އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.