ޑުސިތު އާއެކު ސޮނެވާފުށި ސެމީއަށް

އަމިއްލަ ފުއްޓާއި ސޮނެވާފުށި މިއަދު ބައްދަލުކުރި މެޗުގެ ތެރެއިން

އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު މެޗުން އަމިއްލަ ފުށި އަތުން 2-1 އިން މޮޅުވެ ނިއު ސޮނެވާފުށި ރިސޯޓް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ސޮނެވާ ސެމީން ޖާގަ ހޯދީ ގްރޫޕް ސްޓޭޖްގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ ހަ ޕޮއިންޓާއެކު އެވެ. އެ ގްރޫޕުން އިތުރު އެއް މެޗު އޮއްވައި ޑުސިޓް ވެސް ވަނީ ސެމީން ޖާގަ ހޯދައިފަ އެވެ. އެ ޓީމަށް ވަނީ ދެ މެޗުން ހަ ޕޮއިންޓް ލިބިފަ އެވެ. މި ގްރޫޕުން އެންމެ ފުލުގައި އޮތީ އެއް ޕޮއިންޓާ އެކު ވައްކަރު ރިސޯޓާއި އަމިއްލަ ފުއްޓެވެ.

އޭދަފުށީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗުގައި ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ ފުރަތަމަ ލަނޑު ޖެހީ އަމިއްލަ ފުށިންނެވެ. މެޗުގެ 32 ވަނަ މިނިޓްގައި އަމިއްލަ ފުއްޓަށް ލަނޑު ކާމިޔާބު ކޮށްދިނީ ހުސައިން ޝިފާހު އެވެ.

އަމިއްލަ ފުއްޓާއި ސޮނެވާފުށި މިއަދު ބައްދަލުކުރި މެޗުގެ ތެރެއިން

އޭގެ ހަތް މިނިޓްފަހުން ސޮނެވާފުއްޓަށް އެއްވަރުކޮށްދިނީ ހަސަން ޝުޖާއު އެވެ. ސޮނެވާ މޮޅުވީ ފުރަތަމަ ހާފުގެ އިތުރު ވަގުތައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އިބްރާހިމް މާޖިދު ލަނޑުންނެވެ. އޭނާ މި ލަނޑު ޖެހީ އެ ޓީމަށް ލިބުނު ހިލޭ ޖެހުމަކުންނެވެ.

މުބާރާތުގައި މާދަމާ ކުޅޭނީ ގްރޫޕް ބީގެ މެޗެކެވެ. ބައްދަލުކުރާނީ ފިނޮޅު ރިސޯޓާއި މިލައިދޫ އައިލެންޑް އެވެ. އެވެ. މި ދެ ޓީމު ދެ މެޗު ކުޅެފައިވާއިރު ފިނޮޅަށް 4 ޕޮއިންޓް އަދި މިލައިދޫއަށް ލިބިފައިވަނީ 3 ޕޮއިންޓެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.