ސެމީ ފައިނަލުގައި އޭދަފުށި މިރޭ މާފަންނާ ދެކޮޅަށް

އޭދަފުށީ ޓީމް

މިހާރު މާލޭގައި ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ސެމީ ފައިނަލުގައި އޭދަފުއްޓާއި މާފަންނު މިރޭ ވާދަ ކުރާނެ އެވެ. މި ދެޓީމު ކުޅޭ މެޗު ފަށާނީ މިރޭ 21:00 ގައި މުބާރާތް ކުރިއަށްދާ މާފަންނު ގްރައުންޑް ގައެވެ.

މި މުބާރާތުގައި އަލަށްވާދަކުރާ އޭދަފުށި ސެމީ ފައިނަލަށް ދަތުރުކުރިއިރު އަތޮޅު ޗެމްޕިއަންކަމާއި ޒޯންގެ ދެވަނަ ވަނީ ހޯދާފައެވެ. ގަދަ 16 ގައި އެޓީމު މ. ދިއްގަރާއި ވާދަކޮށް މޮޅުވީ ޕެނަލްޓީ ޖަހައިގެންނެވެ. ކުއާޓާގައި ހދ. ނާވައިދޫއާ ވާދަކުރި މެޗުން މޮޅުވީ 7-3 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

އޭދަފުށްޓާއި ދެކޮޅަށް ނުކުންނަ މާފަންނު ޓީމަކީ މުބާރާތުގެ އެންމެ ވަރުގަދަ އެއްޓީމެވެ. އެޓީމު މުބާރާތް ފެށީވެސް ކުއާޓާ ފައިނަލުންނެވެ. އަތޮޅު ބުރުގައި އަދި ޒޯންގައިވެސް އެޓީމު ނޫން ރަށަކުން ބައިވެރި ނުވިއިރު ގަދަ 16 އަށް އެޓީމު ދިޔައީ އޮޓަމެޓިކުންނެވެ. ގަދަ 16 ގައި ހއ. ވަށަފަރު 2-1 އިން ބަލިކުރިއިރު ކުއާޓާގައި ކ. މާފުށްޓާ ވާދަކޮށް އެޓީމު މޮޅުވީ 1-0 އިންނެވެ. ކުޑަ ފަރަގަކުން މޮޅުވެ ސެމީއަށް ދިޔަ ނަމަވެސް އެޓީމުގެ މުހިއްމު ގިނަ ކުޅުންތެރިންތަކެއް މިރޭގެ މެޗުގައި އެޓީމާއި ގުޅޭނެއެވެ. އެންމެ ފަހުން އެޓީމު ކުޅުނު ދެމެޗުގައިވެސް އެޓީމު ކުޅުނީ މުހިއްމު ކުޅުންތެރިންތަކެއް ނުލައެވެ. މާފަންނު ޓީމުގައި ރާއްޖޭގެ ނަން މަޝްހޫރު ފުޓްސަލް ގިނަ ކުޅުންތެރިންތަކެއް ހިމެނެއެވެ.

މިރޭގެ މެޗުގައި އޭދަފުށްޓަށް ސަޕޯޓް ކުރުމަށް ވީހާވެސް ގިނަ ސަޕޯޓަރުން ދަނޑަށް ދިއުމަކީ ޓީމުގެ އެދުމެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.