އިންޓަ ރިސޯޓް ފުޓްބޯލަ މުބާރާތުގެ ސެމީ ފައިނަލުގެ ފަހު މެޗުން މިއަދު 2-0 އިން ސޮނެވާފުށި ބަލިކޮށް ފިނޮޅު ރިސޯޓް ފައިނަލުގެ ފަހު ޖާގަ ހޯދައިފަ އެވެ.
މާދަމާ ހަވީރު ކުޅޭ ފައިނަލުގައި ފިނޮޅު ނުކުންނާނީ އަނަންތަރާ އާ ދެކޮޅަށެވެ. އަނަންތަރާ ފައިނަލުގެ ޖާގަ ހޯދީ ފުރަތަމަ ސެމީގައި އިއްޔެ އެންމެފަހުގެ ޗެމްޕިއަން ދުސިތުގެ މައްޗަށް ކުރި ހޯދުމަށް ފަހު އެވެ.
އޭދަފުށީ ފުޓްބޯޅަ ދަނޑުގައި މިއަދު ޅުނު މެޗުން ސޮނެވާ ކޮޅަށް ފިނޮޅުގެ ލަނޑުތައް ކާމިޔާބުކުރީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މުހައްމަދު ނިޒާމު އެވެ.
އަނަންތަރާ އާއި ފިނޮޅު ކުޅޭ ފައިނަލް މެޗު އޮންނާނީ މާދަމާ ހަވީރު 15:45 ގަ އެވެ.