ވުމެންސް ފުޓްސަލް ފިއެސްޓާ އަންނަ ހޮނިހިރު ދުވަހުގެ ރޭ ފަށަނީ

އޭދަފުށީ ކަލްބް ޑައުންޑައުން އިން ބޮޑުއީދު ބަންދާ ދިމާކޮށް އަންހެންނުނަށް ހާއްސަ ކޮށްގެން ބާއްވާ ޑައުންޓައުން ވުމެންސް ފުޓްސަލް ފިއެސްޓާ ވޭތުވެދިޔަ ދެ އަހަރުގެ ޗެމްޕިއަން މަގޫ ސްޓާ އާއި ބަނަފްސާ ކަންމަތި މެޗުން މި މަހު 18 ވަނަ ދުވަހުގެ ރޭ ފަށަން ނިންމައިފި އެވެ.

އޭދަފުށީ ފުޓްސަލް ދަނޑުގައި ކުޅޭ މި މުބާރާތުގައި މި ދެ ޓީމުގެ އިތުރުން ދެން ވާދަކުރަނީ އިރުމަތި ލަވާސް، ފެމިނަ، ވެލާ ސިޓީ އަދި ފްރެންޑްސް އެވެ.

މި މުބާރާތް ކުރިއަށްދާނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ކުޅެ ގަދަ ހަތަރު ޓީމު ސެމީ ފައިނަލަށް ދާގޮތަށެވެ. އަދި ސެމީ ފައިނަލުގެ ފުރަތަމަ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުން ސީދާ ޖާގައެއް ޔަގީންވާނެއެވެ. ފައިނަލުގެ ފަހު ޖާގަ ލިބޭނީ ސެމީ ފައިނަލުގެ ދެވަނަ މެޗުން މޮޅުވާ ޓީމާއި، ސެމީގެ ފުރަތަމަ މެޗުން ބަލިވި ޓީމު ވާދަކުރާ ސެމީގެ ތިންވަނަ މެޗުން މޮޅުވާ ޓީމަކަށެވެ.

މި މުބާރާތުގައި ވާދަކުރާ ބައެއް ޓީމުތަކުގައި މިއަހަރު ރާއްޖެއިން ބޭރުގެ ކުޅުންތެރިން ވެސް ހިމެނެ އެވެ.

ޑައުން ޓައުން އިން 2016 ވަނަ އަހަރު ބާއްވަން ފެށި މި މުބާރާތަކީ އަންހެނުން ފުޓްބޯޅައަށް ޝައުގުވެރިކުރުވުމާއި ކުޅިވަރުގައި ކަނބަލުންގެ ހިއްސާ އިތުރު ކުރުމުގެ ގޮތުން ބާއްވަމުން އަންނަ މުބާރާތެކެވެ. އެގޮތުން މިއީ މެދުކެނޑުމެއްނެތި މި މުބާރާތް ބާއްވަމުން އަންތާ މިއީ ތިންވަނަ އަހަރެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.