ރިސޯޓް މުބާރާތް ފިނޮޅުން ކާމިޔާބުކޮށްފި

ފިނޮޅު ޓީމު ޗެމްޕިއަން ޓްރޮފީއާއެކު — އީޓީ ފޮޓޯ/ތޯރިގް

އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި މިއަދު ހަވީރު 1-0 އިން އަނަންތަރާ ކިހަވައް ވިލާސް ބަލިކޮށް ފިނޮޅު ރިސޯޓުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

އޭދަފުށީ ފުޓްބޯލަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ފޯރިގަދަ އަދި ވާދަވެރި ފައިނަލް މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ފުރަތަމަ ހާފު ނިމެނިކޮށް ކާމިޔާބުކުރީ އަހްމަދު ނިޒާމު އެވެ. އަނަންތަރާ އަށް މިއަދުގެ މެޗުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފަ އެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ފައިނަލް މެޗާއި ގްރޫޕް ސްޓޭޖުގެ ގިނަ މެޗުތަކެއްގެ މޮޅު ކުޅުންތެރިޔާގެ މަގާމް އަދި ބެސްޓް ފޯވާޑް އާއި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަގާމު ހޯދި ފިނޮޅުގެ އަހަމްދު ނިޒާމު އެވެ. އެއް ވަނަ މިޑްފީލްޑް ކުޅުންތެރިޔަކަށް ހޮވުނީ ފިނޮޅުގެ ސާމީ އިބްރާހިމް އެވެ.


އެންމެ މޮޅު ޑިފެންޑަރަކީ އަނަންތަރާގެ އަހްމަދު ސިމާނު އެވެ. އެންމެ މޮޅު ގޯލްކީޕަރުގެ އެވޯޑް ލިބުނީ ފިނޮޅުގެ ގޯލް ކީޕަރަށެވެ. އުއްމީދީ ކުޅުންތެރިޔަކަށް ހޮވުނީ އެފްސީ އަނަންތަރާގެ ހުސައިން ހަންނާނަށެވެ.

އެންމެ މޮޅު ކޯޗަކަށް ހޮވުނީ ފިނޮޅުގެ މުޚްތާޜު ނަސީރު އެވެ.

އޭދަފުށީ ޒުވާނުންގެ ކްލަބުން އިންތިޒާމުކޮށްގެން ބ. އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން، ކުރިއަށް ގެންދިޔަ މުބާރާތުގެ ޗެމްޕިއަން އަދި ރަނާ އަޕް ޓީމަށް ވަނީ އަންނަ އަހަރު ބޮޑު އީދުގައި އޭދަފުށީގައި ބާއްވާ ފުޓްބޯޅަ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.