ކުޅިވަރު ފެސްޓިވަލަކާއެކު ގްރާސް ރޫޓްސް ކޯޗިން ކޯސް ނިންމާލައިފި

އެފްއޭއެމް އިން ބޭއްވި ގްރާސް ރޫޓް ކޯހުގެ ބައިވެރިން. ފޮޓޯ: އޭދަފުށި ޓައިމްސް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކްލަބް އޭދަފުއްޓާއި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕީޓީއޭ ގުޅިގެން ހިންގި ގްރާސް ރޫޓްސް ކޯޗިން ކޯސް އިއްޔެ ނިންމާލައިފި އެވެ.

އެކަން ނިންމުން ފާހަގަކުރަން އިއްޔެ ހަވީރު މިރަށު ފުޓްބޯޅަ ދަނޑުގައި ވަނީ ކުޑަކުދިންގެ ފުޓްބޯޅަ ފެސްޓިވަލެއް ވެސް ބާއްވައިފަ އެވެ. އެ ހަރަކާތުގައި ގިނަ އަދަދެއްގެ ކުޑަކުދިން ވަނީ ބައިވެރިވެފަ އެވެ.

އެފްއޭއެމް އިން ބޭއްވި ގްރާސް ރޫޓް ކޯސް ނިންމުން ފާހަގަ ކުރުމަށް ބޭއްވި ފުޓްބޯޅަ ފެސްޓިވަލް- ފޮޓޯ: އޭދަފުށި ޓައިމްސް
އެފްއޭއެމް އިން ބޭއްވި ގްރާސް ރޫޓް ކޯސް ނިންމުން ފާހަގަ ކުރުމަށް ބޭއްވި ފުޓްބޯޅަ ފެސްޓިވަލް- ފޮޓޯ: އޭދަފުށި ޓައިމްސް

މި މަހުގެ 10 ވަނަ ދުވަހު ފެށި މި ކޯސް އިއްޔެ ނިންމާލި އިރު 17 ބައިވެރިޔަކު ވަނީ ސެޓްފިކެޓް ހާސިލްކޮށްފަ އެވެ.

ކޯހުގައި ކިޔަވައި ޒުވާނުންގެ މެދުގައި އެންމެ މަޤްބޫލް ފުޓްބޯޅަ ކޯޗް އަހްމަދް ޝަރީފް (ޑުންގާ) އެވެ. ޑުންގާ އަކީ ފީފާގެ ގްރާސްރޫޓް އިންސްޓްރަކްޓަރެކެވެ.

އެފްއޭއެމް އިން ބޭއްވި ގްރާސް ރޫޓް ކޯހުގެ ބައިވެރިއަކަށް ސެޓްފިކެޓްދެނީ. ފޮޓޯ: އޭދަފުށި ޓައިމްސް

އެފްއޭއެމް އިން ފީފާގެ އެހީތެރިކަމާއި އެކު ހިންގާ ގްރާސް ރޫޓް ޕްރޮގްރާމްގެ ބޭނުމަކީ ކުޑަކުދިން ފުޓްބޯޅައަށް އަހުލުވެރިކޮށް، ތަމްރީނުތައް ފޯރުކޮށްދިނުމެވެ.

އެފްއޭއެމް އިން ބޭއްވި ގްރާސް ރޫޓް ކޯސް ނިންމުން ފާހަގަ ކުރުމަށް ބޭއްވި ފުޓްބޯޅަ ފެސްޓިވަލް- ފޮޓޯ: އޭދަފުށި ޓައިމްސް

އެފްއޭއެމުން ބުނި ގޮތުގައި ގްރާސް ރޫޓް ކޯޗިން ކޯސްތަކުން ކޯޗުން މެދުވެރިކޮށް ފުޓްބޯޅަ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް އެ އިދާރާއިން ކުރިއަށް ގެންދާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.