ޔެލޯ ބަލިކޮށް ވައިލެޓް ތަށި ދިފާއުކޮށްފި

ޗެމްޕިއަން ވައިލެޓްހައުސް
ޗެމްޕިއަން ވައިލެޓްހައުސް

 

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އިންޓަހައުސް ފުޓްބޯޅަ މުބާރާތުގެ ސީނިއާ ގްރޫޕުގެ ފައިނަލުގައި އިއްޔެ ޔެލޯހައުސް އަތުން 3- 2 އިން މޮޅުވެ ވައިލެޓްހައުސް ޗެމްޕިއަންކަން ދިފާއުކޮށްފި އެވެ.

ސީނިއާ ގްރޫޕުގެ ފައިނަލުގައި މިދިޔަ އަހަރު ވެސް ވާދަކުރީ ޔެލޯ ހައުސް އާއި ވައިލެޓް ހައުސް އެވެ. މިދިޔަ އަހަރުގެ ފައިނަލް މެޗު ވައިލެޓް ހައުސް ކާމިޔާބުކުރީ 2- 0 އިންނެވެ.

މެޗަށް ފަހު އޮތް އިނާމު ދިނުމުގެ ހަފުލާގައި ޗެމްޕިއަން ޓީމަށް ތަށި ހަވާލުކޮށްދެއްވީ އޭދަފުށީ އިންޖީނުގޭގެ މެނޭޖަރު އަލީ ޝަފީޤު އެވެ.

މުބާރާތުގެ ސީނިއާ ގްރޫޕްގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައިވަނީ މުބާރާތުގެ އެންމެމޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޔެލޯހައުސްގެ ރައްޒާން ރަޝީދުގެ އިތުރުން އެޓީމުގެ ގޯލް ކީޕަރު ހުސައިން ސަނީހު އާއި އަހްމަދު ޝުހައިލުގެ އިތުރުން ވައިލެޓް ހައުސްގެ އަހްމަދު ހުމައިދު އާއި ހަމްޒަތު މުހައްމަދު އެވެ.

މި މުބާރާތުގެ ޖޫނިއާ ބައިގެ ޗެމްޕިއަންކަން ހޯދައިފައިވަނީ ޔެލޯ ހައުސް އެވެ. ޔެލޯ ހައުސް އަށް ޗެމްޕިއަންކަން ހޯދީ މިދިޔަ ހުކުރު ދުވަހު ކުޅުނު ފައިނަލުގައި ވައިލެޓް އަތުން 1-0 މޮޅުވެގެންނެވެ.

ސްކޫލް ކުދިންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކުރުމަށްޓަކައި ކޮންމެ އަހަރަކު ވަރަށް ފޯރިއާ އެކު ބާއްވަމުން އަންނަ އިންޓަ ހައުސް ފުޓުބޯޅަ މުބާރާތުން ގިނަ އަދަދެއްގެ ކުޅުންތެރިން ވަނީ އުފެދިފަ އެވެ. ރާއްޖޭގެ ގައުމީ ޓީމުގައި އަދި ފުރަތަމަ ޑިވިޝަންގައި ކުޅޭ އޭދަފުށީ ހުރިހާ ކުޅުންތެރިންނަކީވެސް އިންޓަހައުސް ފުޓްބޯޅަ މުބާރާތުން ވިދާލި ކުޅުންތެރިންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.