ވާދަވެރި ފައިނަލަކަށް ސައިނޯސާ އާއި ވެލާ ސިޓީ ނުކުންނަނީ

އޭދަފުށީގައި މިހާރު ކުރިޔަށްދާ ފްރެންޑްލީ ޔޫތް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި ސައިނޯސާ އާއި ވެލާ ސިޓީ ވާދަކުރަން ޖެހިއްޖެއެވެ.

ފަސް ޓީމު ވާދަކުރި މި މުބާރާތުގެ ފައިނަލަށް ވެލާ ސިޓީ ދަތުރުކުރީ ލީގު އުސޫލުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށް އަނެއް 2 މެޗުން އެއްވަރުވެ ޖުމްލަ 8 ޕޮއިންޓް ހޯދާއިގެންނެވެ.

މި މުބާރާތުގެ މިއަހަރު އެންމެ ވަރުގަދަކޮށްފެންނަ ސައިނޯސާ ފައިނަލަށް ދަތުރުކުރީ ލީގު އުސޫލުން ކުޅުނު ހަތަރު މެޗުގެ ތެރެއިން 3 މެޗު ކާމިޔާބުކޮށް 1 މެޗުން އެއްވަރުވެގެން ލިބުނު 10 ޕޮއިންޓާ އެކުގައެވެ. މި މުބާރާތުގައި އިއްޔެ ހަވީރު ސައިނޯސާ އާއި އެމް.އޭ ޔުނައިޓެޑް ވާދަކުރި މެޗު ތިނެއް ސުމަކުން ކާމިޔާބުކުރީ ސައިނޯސާއެވެ. މި މެޗުގެ ކުރީކޮޅު ލަނޑު ޖަހާނެ އެންމެ ހުސް ފުރުސަތެއް ލިބުނީ ސައިނޯސާގެ އަބްދުލް މަޖީދު އިބްރާހިމް (މަޖިއްޓޭ) އަށެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގޯލެެއް ޖާހަނެ ގިނަ ފުރުސަތުތައް ހޯދީވެސް ސައިނޯސާ އެވެ. މި މެޗުގައި ސައިނޯސާ އިން ކާމިޔާބުކުރި ފުރަތަމަ ލަނޑަކީ އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން އިބްރާހިމް މާޖިދު ކާމިޔާބުކޮށްދިން ގޯލެކެވެ. ސައިނޯސާއަށް ޕެނަލްޓީ ލިބުނީ ގޯލު އޭރިޔާ ތެރޭގައި ހުރެ މަޖިއްޓޭ ގޯލަށް ފޮނުވާލި ބޯޅާއިގައި އެމް.އޭ ޔުނައިޓެޑްގެ މުހައްމަދު އަޖުފާން އައިތްލުމުންނެވެ. ރެފްރީ ވަނީ އަޖުފާން ބޯޅާއިގައި އަތްލުުމުން ރަތްކާޑުވެސް ދައްކާފައެވެ. ސައިނޯސާގެ ދެވަނަ ލަނޑު މެޗުގެ ފަސްދޮޅަސް ނުވަވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީވެސް އިބްރާހިމް މާޖިދެވެ. މި މެޗުގައި ސައިނޯސާ އިން ޖެހި ތިން ވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތިން މިނެޓު ތެރޭގައި އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ނިޒާމެވެ.

މި ނަތީޖާއާއެކު މި މުބާރާތުގެ ފައިނަލް މެޗުގައި މިއަދު ހަވީރު ހަތަރެއް ޖަހާއިރު ސައިނޯސާ ނުކުންނާނީ ވެލާ ސިޓީއާއި ދެކޮޅަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.