ފުރަތަމަ ކޮމިއުނިޓީ ޑިވެލޮޕްމަންޓް ހަބް ސެންޓަރު ބ. މާޅޮހުގައި

މާޅޮހުގައި ގާއިމްކުރެވުނު އެންމެ ފުރަތަމަ ކޮމިއުނިޓީ ޑިވެލޮޕްމަންޓް ހަބް ސެންޓަރ ހުޅުވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ: އުރީދޫ

އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިޖްތިމާއީ ޒިންމާއަށް ހާއްސަ ކުރެވިފައިވާ “ޕްރިމިއަމް ފޯ ގުޑް”ގެ ދަށުން ގާއިމުކުރެވުނު ފުރަތަމަ ކޮމިއުނިޓީ ޑިވެލޮޕްމަންޓް ހަބް ސެންޓަރު ބ. މާޅޮހުގައި މިއަދު ހުޅުވައިފި އެވެ.

އެލައިޑުން ޔޫ.އެން.ޑީ.ޕީ އަދި އުރިދޫ މޯލްޑިވްސް އާއި ގުޅިގެން ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގެ ދަށުން މާޅޮހު ޕްރީ ސްކޫލުގައި ޒަމާނީ ވަސީލަތްތަކާއި އެކު މާޅޮހުގައި މިއަދު ހުޅުވި ސެންޓަރުން ތަފާތު ދާއިރާތަކަށް ހާއްސަ ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް އެލައިޑުން ބުންޏެވެ.

އެގޮތުން އެކި އުމުރުފުރާގެ މަސައްކަތްތެރިންނަށް ބައިވެރިވެވޭ ގޮތަށް ކުރިޔަށްގެންދާ މިތަމްރީން ޕްރޮގްރާމްތައް ހިންގާ ދިނުމަށް ހަމަޖެހިފައިވަނީ ޔޫ.އެން.ޑީ.ޕީގެ އިލްމީ އަދި ފަންނީ ތަޖުރިބާކާރުންނެވެ. މިސެންޓަރަށް ބޭނުންވާ އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ އުރީދޫއިންނެވެ.

މާޅޮސް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ހަބް ސެންޓަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެލައިޑް އިންޝުއަރަންސްގެ އަންޑަ ރައިޓިން މެނޭޖަރު އަހުމަދު ޝާބިގް ވިދާޅުވީ، މިއީ ރަށުގައި ހުރެގެންވެސް ކޮންމެ މަސައްކަތްތެރިއަކަށްވެސް އެ މީހެއްގެ ހުނަރު ޓެކްނޮލޮޖީ މެދުވެރިކޮށް ކުރިއަރުވާ ތަރައްގީކުރުމަށް އެހީތެރިވެދިނުމަށް ފެއްޓެވި މަޝްރޫއުއެއް ކަމަށެވެ.

މާޅޮހުގައި ގާއިމްކުރެވުނު އެންމެ ފުރަތަމަ ކޮމިއުނިޓީ ޑިވެލޮޕްމަންޓް ހަބް ސެންޓަރ ހުޅުވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ: އުރީދޫ

ޝާބިގް ވިދާޅުވީ އާންމުންގެ ތަރުހީބު ލިބެމުންދާ ވަރަކުން މުސްތަގުބަލުގައި ވެސް އަތޮޅު ތެރޭގެ އެކި ސަރަހައްދުތަކުގައި މިފަދަ ސެންޓަރުތައް ގާއިމްކުރުމުގެ މަސައްކަތް ކުރިޔަށްގެންދާނެ ކަމަށެވެ.

އުރީދޫގެ ޑިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑް މުހައްމަދު ނިޔާޒު ވިދާޅުވީ އެލައިޑުން އިސްނަގައިގެން ފަށާފައިވާ ކޮމިއުނިޓީ ޑެވެލޮޕްމަންޓް ހަބް ޕްރޮގްރާމްގެ ބައިވެރިއަކަށް ވުމުގެ ފުރުސަތު އުރީދޫއަށް ލިބުނުކަމަށްޓަކައި އުފާކުރައްވާ ކަމަށެވެ. ނިޔާޒް ވިދާޅުވީ، އެކުންފުނީގެމައިގަނޑު އެއް އަސާސްކަމުގައިވާ ޒަމާނީ ޑިޖިޓަލްވަސީލަތްތައް މެދުވެރިކޮށް ރައްޔިތުންގެދިރިއުޅުން ފާގަތިކުރުމުގެ މަސައްކަތައް އިތުރުވި މުހިންމު ބޮޅެއް ކަމުގައި މިކަން ވުމެވެ.

“ޓެކްނޮލޮޖީ މިހާ ކުރިއަރާފައިވާ އަދުގެ ދުނިޔޭގައި، މަސައްކަތުގެ މާހައުލަށް މިދަފަ އުކުޅުތައް އެނގުމަކީ މުހިންމު ކަމެއް. އެގޮތުން އެލައިޑްގެ ކޮމިއުނިޓީ ޑިވެލޮޕްމަންޓް ހަބްތަކުން ހިންގާ ތަފާތު ޕްރޮގްރާމްތަކުގައި އާންމުން ބައިވެރިވުމަށް ހިތްވަރުދިނުމުގެ ގޮތުން އުރީދޫއިންވަނީ މިސެންޓަރުން ތަމްރީންވެގެން އަންނަ ކުދިންނަށް މަސައްކަތުގެ މާހައުލުން ހަގީގީ ތަޖުރިބާ ހޯދުމަށް އިންޓަރންޝިޕް ފުރުސަތުތައް ވެސް ފަހިކޮށްދޭނެ،” ނިޔާޒް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.