ދިރާގުގެ ފައިބަ ބްރޯޑްބޭންޑް އިންޓަނެޓް ޕެކޭޖްތަކަށް މަހަކު ދޭ ފެއާ ޔޫސޭޖް އެލަވަންސް ހަމަވުމުން ލިބޭ ސްޕީޑް އަނެއްކާވެސް ބޮޑުކޮށްފިއެވެ.
މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދިރާގުން ގެނައި ބަދަލާ ގުޅިގެން، ހުރިހާ ޕެކޭޖެއްގެ ފެއާ ޔޫޒޭޖް އެލަވަންސް ހަމަވުމުން ސްޕީޑް އެއް އެމްބީޕީއެސް ގައި ލިބޭނެ އެވެ.
ދިރާގުން މި ބަދަލު ގެނެސްފައި މިވަނީ މީގެ ކުރިން ޕެކޭޕްތަކުގެ ފެއާ ޔޫސޭޖް އެލަވަންސް މަތިކޮށް ސްޕީޑަށް ކުރިން ބަދަލު ގެނައުމަށް ފަހުގައެވެ.
ދިރާގު ފައިބަރ ބްރޯޑްބޭންޑް އެންމެ ކުޑަ ޕެކޭޖަކީ 350 ރުފިއާއަށް ދޭ ފައިބަރ 5އެމް އެވެ. އެ ޕެކޭޖަށް 30 ޖީބީގެ ފެއާ ޔޫސޭޖް އެލަވަންސް ލިބެއެވެ. ދިރާގު ފައިބަރ ބްރޯޑްބޭންޑް އެންމެ ބޮޑު ޕެކޭޖަކީ 2090 ރުފިއާއަށް ދޭ ފައިބަރ 100އެމް އެވެ. އެ ޕެކޭޖަށް 500 ޖީބީގެ ފެއާ ޔޫސޭޖް އެލަވަންސް ލިބެއެވެ.