ސަލީމް ހުންނެވީ އިދިކޮޅާ އެކު: ލަތީފް

ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ ދެ މެމްބަރެއް ކަމަށްވާ، އޭދަފުށީ ދާއިރާގެ އަހުމަދު ސަލީމް (ރެޑްވޭވް) އާއި ތ. ގުރައިދޫ ދާއިރާގެ ހުސައިން މަނިކު ދޮންމަނިކު ހުންނެވީ އިދިކޮޅު ކޯލިޝަނާ އެކު ކަމަށް، މަޖިލީހުގެ ދިއްދޫ ދާއިރާގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ އަބްދުއްލަތީފް މުހައްމަދު ރޭ ވިދާޅުވެއްޖެ އެވެ.

މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބަށް އިދިކޮޅު އިއްތިހާދުން ކުރިމަތިލައްވާފައިވާ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ދިއްދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި، ލަތީފް އެހެން ވިދާޅުވިއިރު، ފަސްޓް ލޭޑީ ފާތިމަތު އިބްރާހީމް މިދިޔަ މަހުގެ މެދުތެރޭގައި ބ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އޭދަފުއްޓަށް ވަޑައިގަތުމުން، އެކަމަނާ އަށް އިސްތިގްބާލް ކުރައްވައި އިސްވެ މެހުމާންދާރީ އަދާކުރެއްވީ ވެސް ސަލީމެވެ.

ސަލީމް ޕީޕީއެމާ ފެއަށް ޖެހިވަޑައިގަންނަވަން އުޅުއްވާ ވާހަކަ މިރަށު ތެރޭގައި ވެސް މިފަހަކަށް އައިސް ވަރަށް ގަދައަށް ދެކެވެ އެވެ. އަދި އިންތިހާބުގެ ކުރިން ސަލީމު އެކަން އިއުލާން ކުރައްވާނެ ކަމަށް ވެސް ވާހަކަ ދެކެވެ އެވެ.

އޭދަފުށީ އެމްޑީޕީގައި އިސްކޮށް ހަރަކާތްތެރިވާ މީހަކު ބުނި ގޮތުގައި ސަލީމު ހުންނެވީ އަނިޔާވެރިކަމާ ދެކޮޅަށް ކަމަށާއި ވަރަށް އަވަހަށް އޭނާ ޕީޕީއެމާ ފެއަށް ޖެހިވަޑައިގަންނަވާނެ އެވެ.

“ސަލީމު މިހާރު ހުންނެވީ އަޅުގަނޑު (އިދިކޮޅޮ) އެކު. އެކަން ވަރަށް އަވަހަށް އިއުލާން ކުރާނެ. ވޯޓްގެ ކުރިން އޭދަފުށީ ޕީޕީއެމް އޮފީހުގެ ކުލަވެސް ރީދޫ ކުލައަށް ބަދަލުކުރާނެ،” އޭނާ ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.