އިބޫއަށް ތާއީދު ހޯދުމަށް އަނީސާ އާއި ސައްތާރު ބ. އަތޮޅަށް

އިބޫއަށް ތާއީދު ހޯދުމަށް، މައުމޫން ރިފޯމް މޫވްމަންޓްގެ ފަރާތުން އަނީސާއި އަބްދުއްސައްތާރު ބ. ފުޅަދޫގައި.- ފޮޓޯ: އެމްއާރުއެމް

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ތާއީދު ހޯއްދެވުމަށް، އޭދަފުއްޓަށް އުފަން ޑރ. އަބްދުއްސައްތާރު ޔޫސުފާއި އަނީސާ އަހްމަދު ބ. އަތޮޅަށް ވަޑައިގެން ކެމްޕޭން ކުރައްވަން މިއަދު ފައްޓަވައިފި އެވެ.

މައުމޫންގެ ސަރުކާރުގައި ހެލްތުގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި ޑރ. އަބްދުއް ސައްތާރު ޔޫސުފާއި ޖެންޑާ މިނިސްޓަރުކަން ކުރެއްވި އަނީސާ އަހުމަދު އިބޫއަށް ތާއީދު ހޯއްދެވުމަށް ކެމްޕޭން ކުރައްވަނީ މައުމޫންގެ ފަރާތުން މަސައްކަތް ކުރަމުން އަންނަ މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ފަރާތުންވެވެ.

އަބްދުއްސާތާރާއި އަނީސާ މި ދަތުރުގައި ފުރަތަމަ ވަޑައިގެންނެވީ މިއަތޮޅުގެ ފަޅުތެރޭ ރަށްރަށެވެ. މި ދަތުރުފުޅުގައި ބ. އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގެން ދޮރުން ދޮރަށް ހިންގަވައި އެ ރަށުގެ މީހުންގެ ހާލަތު ބައްލަވާނެ ކަމަށް އެމްއާރުއެމް އިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. އަބްދުލް ހަންނާނު

    ތި ނިހިންގާނެ މިހާރަކު، މާ އޯލްޑް ވާރޝަން އެއް، ޒުވާނުންތިބީ ރައީސް ޔާމީން އާއިއެކު، މުޅިންވެސް ދެކޯޅުނުޖެހޭ ވާހަކައައްކާނީ، މީހަކު ތަންކޮޅެއް ބާރަށް އެއްޗެއް ބުނާއިރަށް ފިލާފާނެ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.