އިދިކޮޅު ފަރާތްތަކުން މާޅޮހުގައި ދެމި ބެނާއެއް ފުލުހުން ނަގައިފި

މާޅޮހުގައި ދަމާފައިވާ ބެނާ ފުލުހުން ނަގަނީ—ފޮޓޯ:ސޯޝަލް މީޑިއާ

“ވަގަކަށް ހާސް ދުވަސް، ރައްޔިތުންނަށް އެއް ދުވަސް” ކަމަށް ލިޔެ ބ. މާޅޮހުގައި އިދިކޮޅު ފަރާތްތަކުން ދަމާފައިވާ ބެނާއެއް ފުލުހުން މިއަދު ނަގައިފިއެވެ.

މިއަތޮޅުގައި އިދިކޮޅު ފަރާތްތަކަށް ބޮޑު ތާއީދެއް އޮންނަ މާޅޮހުގައި ދަމާފައިވާ އެ ބެނާ ފުލުހުން އަމިއްލައަށް މިއަދު ނެގި އިރު، އެ ބެނާ ނަގަން ފުލުހުން ކައުންސިލުގައި ދެ ދުވަސް ކުރިން އެދިފައިވާ ކަމަށް ވެ އެވެ.

މާޅޮހު ކައުންސިލުގެ ރައީސް އަބްދުﷲ ސުޖާއު ވިދާޅުވީ އެމްޑީޕީން ދަމާފައިވާ ބެނާގައި “ވަގު” ޖަހާފައި އޮތުމުން ވަކި މީހަކަށް ނިސްބަތްކޮށް ދަމާފައިވާ ބެނާއެއް ކަމަށް ބުނެ ބެނާ ނަގަން ކައުންސިލަށް އެނގި ކަމަށެވެ.

“އަޅުގަނޑުމެން ވާނެ އަންގާފައި ފުލުހުންގެ އެންގުމާ އެއްގޮތަށް ބެނާ ނަގަން އެމްޑީޕީއަށް،” ސުޖާއު ވިދާޅުވިއެވެ.

ނަމަވެސް މާޅޮހުގައި އިދިކޮޅު ކެމްޕޭންގައި ހަރަކާތްތެރިވާ އިސް މީހަކު ބުނި ގޮތުގައި ފުލުހުން ބެނާ ނެގި ވަކި ސަބަބެއް ނާންގައެވެ.

“ބެނާ ނެގި ވަކި ސަބަބެއް ނާންގާ. އަޅުގަނޑުމެން މިބަލަނީ ވަގެކޭ ޖަހާފައި އޮތީމަ ކެތް ނުކުރެވުނީ ކަމަށް. އެ ބަހަކީ ހަރު ބަހަކުން ނަކަލުކޮށްފައިވާ ބަހެއް. މިރަށުގައި އެބަ ހުރި އެހެން ބެނާތައް ވެސް އެ ނުނަގާ. މިބެނާ ނަގަން ޖެހޭ ސަބަބެއް އޮންނާނެތާ ދެއްތޯ،” މާޅޮހުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.