އިއްތިހާދަށް ލިބުނު ކާމިޔާބީގެ އުފާ ފާޅުކޮށްފި

އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން މިއަދު ހަވީރު އޭދަފުށީގައި އުފާފާޅުކުރަނީ: އީޓީ ފޮޓޯ/ތޯރިގް އަބްދުއްރަހްމާން

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުލްﷲ ޔާމީންއާ ވާދަކުރައްވައި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހޯއްދެވި ކާމިޔާބީގެ އުފާ ފާޅުކުރުގެ ގޮތުން މިއަދު ހަވީރު އޭދަފުށީގައި ވެހިކަލު ބުރެއް ބާއްވައިފި އެވެ.

އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން މިއަދު ހަވީރު އޭދަފުށީގައި އުފާފާޅުކުރަނީ: އީޓީ ފޮޓޯ/ތޯރިގް އަބްދުއްރަހްމާން

ޕިކަޕްގައި އަޑުގަދަ ކުރާ ބޭނުންކޮށްގެން އިދިކޮޅު އިއްތިހާދުގެ ކެމްޕޭން ލަވަތައް ޖަހަމުން މިރަށުގެ ބޮޑެތި މަގުތަކުގައި ބޭއްވި މި ހިނގާލުމުގައި އެމްޑީޕީއާއި ޖުމްހުރީ ޕާޓީއަށް ތާއީދުކުރާ ގިނަ އަދަދެއްގެ އަންހެނުންނާއި ފިރިހެނުން އަދި ކުޑަކުދިންވެސް ބައިވެރިވި އެވެ. އުފާ ފާޅުކުރުމުގެ ގޮތުން ވެހިކަލު ބުރަށްފަހު ލަވަޖަހައި ނަށާ ހަދާފައިވެ އެވެ.

ރިޔާސީ އިންތިހާބުގައި އިދކޮޅު ކޯލިޝަނަށް ވަރަށް ފުރިހަމަ ކާމިޔާބީއެއް ލިބުމާ ގުޅިގެން މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަންނަނީ އުފާފާޅުކުރަމުންނެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާއްމުކޮށްފައިވާ ރަސްމީ ވަގުތީ ނަތީޖާ އިން ދައްކާ ގޮތުގައި އިބޫ އިންތިޚާބު ކާމިޔާބުކުރެއްވީ، 134،616 ވޯޓުންނެވެ. އެއީ 58.4 ޕަސެންޓެވެ. ރައީސް ޔާމީނަށް ލިބިވަޑައިގަތީ، 96،123 ވޯޓެވެ. އެއީ 41.6 ޕަސެންޓެވެ.

އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން މިއަދު ހަވީރު އޭދަފުށީގައި އުފާފާޅުކުރަނީ: އީޓީ ފޮޓޯ/ތޯރިގް އަބްދުއްރަހްމާން

ވޯޓުލުމުގެ ހައްގު ލިބިފައިވާ 262,135 މީހުންގެ ތެރެއިން 89 ޕަސެންޓު މީހުން މި އިންތިޚާބުގައި ވޯޓުލާފައިވެ އެވެ.

އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން މިއަދު ހަވީރު އޭދަފުށީގައި އުފާފާޅުކުރަނީ: އީޓީ ފޮޓޯ/ތޯރިގް އަބްދުއްރަހްމާން
އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން މިއަދު ހަވީރު އޭދަފުށީގައި އުފާފާޅުކުރަނީ: އީޓީ ފޮޓޯ/ތޯރިގް އަބްދުއްރަހްމާން
އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން މިއަދު ހަވީރު އޭދަފުށީގައި އުފާފާޅުކުރަނީ: އީޓީ ފޮޓޯ/ތޯރިގް އަބްދުއްރަހްމާން

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.