ކްއާޓާގެ ފުރަތަމަ ޖާގަ ފެއިމްސް ޔުނައިޓް އަށް

ތްރީ އޮން ތްރީ ކަޕްގައި ރޭ ކުޅޭނީ -- ފޮޓޯ - ދަ ބިގިނާސް
ތްރީ އޮން ތްރީ ކަޕްގައި  ކުޅޭނީ — ފޮޓޯ – ދަ ބިގިނާސް

 

މިހާރު ކުރިއަށްދާ ތްރީ އޮން ތްރީ ސޮކާ ކަޕްގެ ކުއާޓާ ފައިނަލުން ވޭތުވެދިޔަ ދެ އަހަރުގެވެސް ޗެމްޕިއަން ފެއިމްސް ޔުނައިޓެޑް ރޭ ޖާގަ ހޯދައިފި އެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ތިން މެޗު ރޭ ކުޅުނުއިރު، ފެއިމްސް ޔުނައިޓެޑް ކުއާޓާ އިން ޖާގަ ހޯދީ ދި އެކްސްކާޝަން އަތުން ޕެނަލްޓީ ޖަހައިގެން 2-0 އިން މޮޅުވެގެންނެވެ. މި މެޗުގައި އެކްސްކާޝަން ބަލިވިނަމަވެސް އެ ޓީމުންވަނީ މޮޅަށް ކުޅެފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އެކްސްކާޝަންގެ ނަޝީދު މުހައްމަދު އެވެ.

ރޭ އެމިގޯސް އަތުން އޯއެމްއޯ ސްޕެސަލް ޕެނަލްޓީ ޖަހައިގެން މޮޅުވީ 4-3 އިންނެވެ. ރޭ ކުޅުނު ދެވަނަ މެޗުގައި އެފްސީ ހަބޭސް އަތުން އެޗް އޭ ސްޕޯޓްސް މޮޅުވީ 2-0 އިން ނެވެ. އެޗްއޭ ސްޕޯޓްސް އަށް ދެ ލަނޑުވެސް ޖަހައިދިނީ ހަމްޒާ މުހައްމަދު އެވެ.

މިރޭ ކުޅޭ ފުރަތަމަ މެޗުގައި ޕޮލިހާ ދެކޮޅަށް  ކްލަބް ބީއެސްކޭ ނުކުންނަ އިރު ކޮމްބިނޭޝަންއާ ދެކޮޅަށް ކުޅޭނީ އޯއެމްއޯ ސްޕެސަލް އެވެ. ފަހު މެޗުގައި ކުޅޭނީ އެފްސީ ސޫޕް އާއި އެޗްއޭ ޔުނައިޓް އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.