ކިހާދޫން ގޯތި ދޫކުރަނީ

ބ. ކިހާދޫން ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެރަށު ކައުންސިލުން ހުޅުވާލައިފި އެވެ.

ކިހާދޫ ކައުންސިލުން ބުނީ އެރަށުން ދޫކުރުމަށް ހަމަޖެހިފައިވާ 2000 އަކަފޫޓްގެ 27 ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ ހުޅުވާލާފައި، އެކަމާގުޅޭ ފޯމު އެރަށު ކައުންސިލުން އަންނަ އަންގާރަ ދުވަހުން ފެށިގެން ދޫކުރަން ފަށާނެ ކަމަށެވެ. ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

ކިހާދޫން ގޯއްޗަށް ކުރިމަތިލާން ހިމެނޭ ބައެއް ޝަރުތުތަކުގެ ތެރޭގައި 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކަށް ވުމާއި އެ މީހެއްގެ އަމިއްލަ ނަމުގައި ގޯއްޗެއް ރަޖިސްޓްރީވެގައި ނެތުމާއި އަދި އެފަދަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑުބައެއް ލިބިފައިނެތުން ހިމެނެއެވެ.

މީގެ އިތުރުން ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފްލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުމާއި މިފަދަ ތަނެއް އަމިއްލ ނަމުގައިއޮވެ، މިތަން ދޫކޮށްލާފައިވާ ނުވަތަ ވިއްކާލާފައިވާތާ ދެ އަހަރަށްވުރެ ގިނަ ދުވަސް ވެފައިވުން ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

ކިހާދޫ ކައުންސިލުން ބުނި ގޮތުގައި ގޯއްޗަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ގޯތިލިބޭ ފަރާތްތައް ކަނޑައެޅުމަށް ހަމަޖެހިފައިވަނީ ކަނޑައެޅައިވާ ގޮތުގެ މަތިން ޕޮއިންޓްދެވި، އެންމެ ގިނަ ޕޮއިންޓްލިބޭ ފަރާތްތަކަށް އިސްކަންދީގެންނެވެ. ގޯތި ލިބޭނީ މަދުވެގެން 50 ޕޮއިންޓް ލިބޭ ފަރާތްތަކަށެވެ.

އާބާދީގައި 492 މީހުން ދިރިއުޅެމުން އަންނަ ކިހާދޫން އެންމެފަހުން ގޯތި ދޫކުރީ 2013 ވަނަ އަހަރު ޑިސެމްބަރުމަހު އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.