
ދިރާގު މޯލްޑްވެސް ރޯޑް ރޭހާއި ގުޅިގެން ދިރާގުން ވަނީ 2016 ވަނަ އަހަރު މި ރޭހަށް ހާއްސަ އެޕެއް ތައާރަފުކޮށްފަ އެވެ. މި އެޕްގެ ޒަރިއްޔާއިން ދުވުންތެރިންގެ ބިބުގައި ހަރުކޮށްފައިވާ ޗިޕް މެދުވެރިކޮށް ނަގާ ޑޭޓާތައް ދުވުންތެރިއާ ހަމައަށް ގެނެސްދޭނެ އެވެ.
ދިރާގު މޯލްޑިވްސް ރޯޑް ރޭސް ފެށެން 6 ދުވަހަށް ވެފައިވާއިރު މި އެޕަކީ ދުވުންތެރިންނާއި އަދި ދުވުންތެރިންގެ އާއިލާ އަދި ރަހުމަތްތެރިން ކޮންމެހެންވެސް ޑައުންލޯޑް ކޮށްލަންޖެހޭ އެޕެކެވެ.
އެޕްގެ ފީޗާސްތައް
ލައިވް ޓްރެކިންގ
މިއެޕްގެ އެންމެ ފާޖަގަ ކޮށްލެވޭ ފީޗާއަކީ ރިއަލް ޓައިމް ޓްރެކިން އެވެ. މާނައަކީ ދުވުންތެރިއާ އަށް އޭނާ ދުވަމުންދާއިރު ވެސް އެޕް މެދުވެރިކޮށް، އޭނާ ދުވަމުންދާ ސްޕީޑާއި ދުވަމުންދާ ރާސްތާ ބަލައިލެވުމެވެ. އަދި އޭނާގެ އާއިލާ މެމްބަރުންނާއި ގާތް މީހުންނަށް ވެސް އޭނާގެ ސްޓޭޓަސް އެޕުން ބަލައިލެވޭނެ އެވެ. މިއީ ޖީޕީއެސް ޓެކްނޮލޮޖީ ބޭނުންކޮށްގެން ގާއިމްކޮށްފައިވާ ފީޗަރެކެވެ. ލައިވް ޓްރެކިން އަކީ ބައިނަލްއަގްވާމީ ދުވުންތަކުގައި ވެސް ދުވުންތެރިންގެ ތެރޭގައި މަގުބޫލު ފީޗަރެކެވެ.
ބިބް ނަންބަރ ނުވަތަ ނަން ޖަހާލައިގެން ސާރޗް ކުރެވުން
ފޭސް ބުކް އަދި ޓުވިޓަރ އެކައުންޓާއި އެޕް ގުޅުވައިލުން
ރޭސް އޮންނަ ދުވަހު ފޭސް ބުކް އަދި ޓުވިޓަރ އެކައުންޓާއި އެޕް ގުޅުވާލައި އާއިލާ އަދި ރައްޓެހިންނަށް ދުވާ ރާސްތާ ޓްރެކްކޮލެވޭނެއެވެ. އަދި ދުވާ ނިމުމުން ފޭސްބުކް އަދި ޓުވިޓަރގައި ޝެއަރ ކުރެވޭނެއެވެ.
ލައިވް ފޮޓޯ
ކޮންމެ ދުވުންތެރިއަކު ވެސް ރޭސް ނިންމުމާ އެކު، އެތަނުގައި ހަރުކުރެވިފައިވާ އޮޓޮމެޓިކް ކެމެރާ ސިސްޓަމުން ފޮޓޯ ނެގި އެ ފޮޓޯ ވަގުތުން އެޕުން ފެންނަން ހުންނާނެ އެވެ.
ލީޑާރބޯޑް ލައިވް ކޮށް ބަލައިލެވުން
މީގެ އިތުރުންވެސް މި އެޕް މެދުވެރިކޮށް ރޭހުގެ ކައުންޓްޑައުން އާއި ރޭހުގެ ރޫޓް މެޕާއި ތައްޔާރުވާންވީ ގޮތުގެ ޓިޕްސް އަދި މޫސުމާ ބެހޭ މައުލޫމާތު ލިބެން ހުންނާނެ އެވެ.
ދިރާގުން މަސައްކަތް ކުރަމުން ދަނީ ޓެކްނޮލޮޖީގެ ޒަރިއްޔާއިން އާ ތަޖުރިބާތަކެއް ކުރެވޭނެ މަގުތަށް ކަސްޓަމަރުންނަށް ފަހިކޮށްދެމުންނެވެ. މި އެޕް އަކީވެސް އޭގެ އަގުހުރި މިސާލެކެވެ. ސަބަބަކީ ރާއްޖޭގައި ބާއްވާ އެހެން އެއްވެސް ދުވުމެއްގައި ނުފެންނަ ފަދަ ޑިޖިޓަލް ޓެކްނޮލޮޖީތައް ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި ފެނިގެންދާތީއެވެ.
ދިރާގު މޯލްޑިވްސް ރޯޑް ރޭސްގެ އެޕްލިކޭޝަން އެޕަލް އެޕް ސްޓޯރުންނާއި ގޫގުލް ޕްލޭ ސްޓޯރ އިން ހިލޭ ޑައުންލޯޑް ކޮށްލެވޭނެއެވެ.



