މަންތާ ފެސްޓިވަލުގައި އާޓް އަދި ފޮޓޯގްރަފީ މުބާރާތެއް ބާއްވަނީ

މަޑީގެ ނަޞްލު ދެމެހެއްޓުމަށްޓަކާ ބައިނަލްއަޤުވާމީ ފެންވަރުގައި ދިރާސާތައް ކުރަމުންދާ އިނގިރޭސިވިލާތުގެ މަންޓާ ޓްރަސްޓް ޖަމިއްޔާއިން އިންތިޒާމުކޮށްގެން ބ. އަތޮޅުގައި ބާއްވާ މަންތާ ފެސްޓިވަލުގައި އާޓް ކޮމްޕެޓިޝަނަކާއި ފޮޓޯގްރަފީ އަދި މަންތާ ސްކަލްޕްޗާ މުބާރާތެއް ބާއްވަން ހަމަޖައްސައިފި އެވެ.

ދަ މަންތާ ޓްރަސްޓް އިން ބުނިގޮތުގައި މި މުބާރާތްތަކުގެ ތެރެއިން އާޓް ކޮމްޕެޓިޝަން އާއި ފޮޓޯގްރަފީ ކޮމްޕެޓިޝަން ހުޅުވާލާފައިވަނީ ސްކޫލު ކުދިންގެ ކެޓަގަރީގެ އިތުރުން އާއްމުންގެ ކެޓަގަރީ ހިމެނޭގޮތަށެ އެވެ. އަދި މަންޓާ ސްކަލްޕްޗާ (އުކާލެވޭ ތަކެތި ބޭނުންކޮށްގެން މަންތާ ސްކަލްޕްޗާ ހެދުން) ކޮމްޕެޓިޝަން ހުޅުވާލާފައިވަނީ ހަމައެކަނި މިއަތޮޅު ސްކޫލު ތަކަށެވެ.

ނޮވެމްބަރު 15 ވަނަ ދުވަހާ ހަމައަށް ފޮޓޯގްރަފީ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފައިވާއިރު އާޓް ކޮމްޕެޓިޝަންގައި ބައިވެރިވުމަށް ހުޅުވާލާފައިވަނީ ނޮވެމްބަރު 18ގެ ނިޔަލަށެވެ.

އާޓް ކޮންޕެޓިޝަންގެ ތީމަކީ “ދި އަންޑަވޯޓާ ވޯލްޑް” އެވެ. އަދި ފޮޓޯގްރަފީ މުބާރާތުގެ ތީމަކީ “އޯޝަން އެންޑް ނޭޗާ” އެވެ. މުބާރާތުގައި ސްމާޓް ފޯން އަދި ޑިޖިޓަލް ކެމެރާއިން ނަގާ ފޮޓޯވެސް ހުށަހެޅޭނެ އެވެ. ޕްރޮފެޝަނަލް އަންޑަވޯޓާ ފޮޓޯގަރްފަރުން ޖަޖުކުރާ މި މުބާރާތުން ވަނަތަކަށް ހޮވޭ ފޮޓޯތައް މަންތާ ފެސްޓިވަލުގައި އާއްމުންނަށް ދައްކާލާނެ އެވެ.

މި މުބާރާތްތަކުން ކޮންމެ ކެޓަގަރީ އަކުން ވެސް އެއްވަނަ، ދެވަނަ އަދި ތިންވަނަ އަށް ހޮވޭ ފަރާތްތަކަށްވަނީ އަގުހުރި އިނާމުތަކެއް ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި ސްކޫބާ ޑައިވިން ތަޖުރިބާ ކުރުމާއި ސްނޯކްލިން ފީލްޑް ޓްރިޕާއި، އަދި ރިސޯތްތަކުންނާއި ގެސްޓްހައުންތަކުން ވެސް ތަފާތު އިނާމުތައް ހުށަހަޅައިފަ އެވެ.

މުބާރާތްތަކުގެ އިތުރު މައުލޫމާތު ތިރިގައިއެވާ ފޭސްބުކް ޕޭޖުން ލިބޭނެ އެވެ.

މަންތާ ފެސްޓިވަލް އޮންނާނީ މިމަހުގެ 24 ވަނަ ދުވަހު ބ. ދަރަވަންދޫގަ އެވެ. މި ފެސްޓިވަލުގެ ތެރެއިން ބ އަތޮޅުގެ ސްކޫލްތަކުގެ ދަރިވަރުންނަށް ސްނޯކަލް ކުރުމަށް ފުރުޞަތުވެސް ލިބިގެންދާނެ އެވެ. އަދި ޢާއްމުންނަށް ޤުދުރަތީ ދިރުންތަކާ، މިދިރުންތައް ރައްކާތެރި ކުރުވުމާބެހޭގޮތުން މިކަމާގުޅޭ ތަޖުރިބާކާރުން މައުލޫމާތުދޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.