ސޮނޭވާ އިން ޕްރައިވެޓް ސީ ޕްލޭން ދަތުރުތައް ފަށަނީ

ސޮނޭވާއިން ސީ ޕްލޭން ދަތުރުތައް ފަށަން ރާއްޖެއަށް ގެންނަން ހަމަޖެހިފައިވާ އުޅަނދު. — ފޮޓޯ: ލަގްޒަރީ ޓްރެވަލް އެޑްވައިޒާ

ސޮނެވާއިން ރާއްޖޭގައި ހިންގާ ސޮނެވާފުއްޓަށާއި ސޮނެވާ ޖާނީއަށް ފަތުރުވެރިން އުފުލުމަށް ޕްރައިވެޓް ސީ ޕްލޭން ދަތުރުގެ ހިދުމަތް ފެށުމަށް ތައްޔާރު ވެއްޖެ އެވެ.

ސޮނޭވާ އިން ކުރި އިއުލާންގައި ބުނީ އެ ކުންފުނިން ގެންނަ ސީ ޕްލޭން އަކީ 19 މީހުންގެ ޖާގަ ލިބޭ އުޅަނދެއް ކަމަށާއި، އެއިން 10 ސީޓަކީ ވީއައިޕީ ފަރާތްތަކަށް ހާއްސަ ކޮށްފައިވާ ސީޓްތަކެވެ. އަދި ރިސޯޓާއި އެއާޕޯޓަށް ދެކޮޅު ދަތުރުތަކުގެ އަގަކީ 1،100 ޑޮލަރެވެ. އެ ކުންފުނިން ސީ ޕްލޭން ގެންނަނީ ކެނެޑާގެ އިހާނާ ކުންފުނިންނެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބ. އަތޮޅު ސޮނޭވާ ފުށި އަދި ނ. އަތޮޅު ސޮނޭވާ ޖާނީ ދެމެދު ދަތުރުތައް ކުރަން ގެންނަ ސީ ޕްލޭން ވަނީ އެ ކުންފުނީގެ ދަނބު ކުލައިން ފަރުމާ ކޮށްފަ އެވެ. އެގޮތުން އެ އުޅަނދުގެ ބޭރުގައި ސޮނޭވާގެ ނަަން ޖަހާފައި ވާއިރު، އެތެރެއިން އަޅާފައިވާ ދޫލަ އާއި ސީޓު ދަނބު ކުލައިން ޖަރީ ކޮށްފައި ވެއެވެ.

ސޮނޭވާގެ އިސް އޮފިޝަލަކާ ހަވާލާދީ މިހާރު ނޫހުގައި ބުނެފައިވަނީ އެ ސީޕްލޭން ރާއްޖެއަށް ދަތުރުކޮށް ގެންނަން ހަމަޖެހިފައި ވަނީ ނޮވެމްބަރު 25 ވާ އާދިއްތަ ދުވަހު ކަމަށެވެ. އަދި އެ އެޅަނދު އޮޕަރޭޓް ކުރަން ހަމަ ޖެހިފައި ވަނީ ޑިސެމްބަރު މެދު ތެރޭގައި ކަމަށެވެ. އޭގެ އިތުރުން އޭނާ ވިދާޅުވީ ސީ ޕްލޭންތައް އޮޕަރޭޓް ކޮށް، މެއިންޓެއިން ކުރާނީ ރާއްޖޭގެ ލީޑިން ސީ ޕްލޭން އޮޕަރޭޓަރު، ޓްރާންސް މޯލްޑިވްސް އެއާވޭސް އިން ކަމަށެވެ.

ސޮނޭވާއިން ސީ ޕްލޭން ދަތުރުތައް ފަށަން ރާއްޖެއަށް ގެންނަން ހަމަޖެހިފައިވާ އުޅަނދު. — ފޮޓޯ: ލަގްޒަރީ ޓްރެވަލް އެޑްވައިޒާ

ކެނެޑާއިން ރާއްޖެއަށް ގެންނަން ހަމަ ޖެހިފައިވާ ސީ ޕްލޭން އަކީ ‘ޓްވިން އޮޓާ’ މުރަކައިގެ އުޅަނދެކެވެ. އެގޮތުން އެ ސީޕްލޭން ފަރުމާ ކޮށްފައި ވަނީ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުން ކޮށްގެން އެެންމެ ރައްކާތެރިކަަމާ އެކު ދަތުރުތައް ކުރެވޭނެ ގޮތަށެވެ.

މި ސީޕްލޭން މިހާރު ވަނީ ރާއްޖެ އައުމަށް ފުރާފައެވެ. ކެނެޑާ އިން ރާއްޖެ އައުމުގެ ދަތުރުގައި ސޮނޭވާގެ ސީޕްލޭން އައިސްލޭންޑާއި ޔޫރަޕާއި މެދުއިރުމަތީގެ ބައެއް ގައުމުތަކުގައި މަޑުކުރާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.