މަންތާ ފެސްޓިވަލް ކާމިޔާބު ކަމާއެކު ނިންމާލައިފި

ދަރަވަންދޫގައި އިއްޔެ ބޭއްވި މަންތާ ފެސްޓިވަލްގެ ތެރެއިން—އީޓީ ފޮޓޯ/ތޯރިގް އަބްދުއްރަހްމާން

ބ.އަތޮޅު ބަޔޯސްފިއާ ރިޒާވާ އޮފީހާ ބ. އަތޮޅު ކައުންސިލާއި ދަރަވަންދޫ ކައުންސިލާއި މަންތާ ޓްރަސްޓް އަދި ފޯސީޒަން ލަނޑާ ގިރާވަރު ރިސޯޓުން އިންތިޒާމުކޮށްގެން މަންތާ ޓްރަސްޓް ޖަމިއްޔާ ގުޅިގެން ދަރަވަންދޫގައި ބޭއްވި މަންތާ ފެސްޓިވަލް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

މިއީ ރާއްޖޭގައި ބޭއްވި ފުރަތަމަ މަންތާ ފެސްޓިވަލެއެވެ. މި ފެސްޓިވަލްގައި ބ. އަތޮޅު ބަޔޮސްފިއާ ރިޒާވު ހަނިފަރު ސަރަހައްދުގައި އުޅޭ އެންމަޑިއާ ބެހޭ މައުލޫމާތާ، ތިމާވެއްޓަށް މީހުން ހޭލުންތެރި ކުރުމަށް ގިނަ މެސެޖްތަކެއް ދީފައިވެ އެވެ.

މި ފެސްޓިވަލް ޝަރަިވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ކުރީގެ ރައީސް މުހައްމަދު ނަޝިދު ވިދާޅުވީ ކޮންމެ އަހަރެއްގެ މެދުތެރޭގައި ބ.އަތޮޅު ހަނިފަރަށް އެންމަޑި ގިނަ އަދަދަކަށް ޖަމާވަނީ ކީއްވެގެންކަން އެންމެ ރަގަޅަށް ހޯދިފައި ނުވާކަމަށާއި އެކަން ދިރާސާކޮށް ބަލައި އެކަމުގެ މަޢުލޫމާތު ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި ޙިއްސާކުރެވިއްޖެނަމަ، ފަތުރުވެރިކަމުން މިހާރައްވުރެ ބޮޑު ޢާމްދަނީއެއް ރާއްޖެއަށް ލިބޭނެކަމަށެވެ.

ދަރަވަންދޫގައި އިއްޔެ ބޭއްވި މަންތާ ފެސްޓިވަލްގެ ތެރެއިން—އީޓީ ފޮޓޯ/ތޯރިގް އަބްދުއްރަހްމާން

ރައީސް ނަޝީދު ވިދާޅުވީ އެންމަޑި ބ.އަތޮޅުގައި ދިރުވައި އާލާކޮށް ޔުނެސްކޯ ބަޔޯސްފިއާ ރިސާވަކަށް ބ.އަތޮޅު ހެދުމުގައި އަތޮޅު މުޅިރައްޔިތުން ވަރަށް ބޮޑު ގުރުބާނީއެއް ވެފައިވާކަމަށެވެ. އަދި އެކަމުގެ ސަބަބުން މިއަދު މިއަތޮޅުގެ ރައްޔިތުން އުފާކުރާނެކަމަށްވެސް އޭނާ ވިދާޅުވި އެވެ

އެކި ސްޓޯލްތައް ހިމަނައިގެން ބޭއްވި މަންތާ ފެސްޓިވަލުގައި ސްކޫލުތަންނާއި ރިސޮތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތް ކުރަ ްމަސައްކަތކުރާ ގިނަ ޖަމިއްޔާތަކުން ވަނީ ބައިވެރިވެފަ އެވެ.

ދަރަވަންދޫގައި އިއްޔެ ބޭއްވި މަންތާ ފެސްޓިވަލްގެ ތެރެއިން—އީޓީ ފޮޓޯ/ތޯރިގް އަބްދުއްރަހްމާން
ދަރަވަންދޫގައި އިއްޔެ ބޭއްވި މަންތާ ފެސްޓިވަލްގެ ތެރެއިން—އީޓީ ފޮޓޯ/ތޯރިގް އަބްދުއްރަހްމާން

މި ފެސްޓިވަލުގެ ސްޓޯލް ތަކުން ސުކޫލް ކުދިންނަށާއި ފެސްޓިވަލަށް ޒިޔާރަތްކުރި މީހުންނަށް ތިމާވެށި ހިމާޔަތް ކުރުމަށް އެ ފަރާތަތްކުން ކުރަމުންގެން މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެ އެވެ.

ފެސްޓިވަލްގައި ބައިވެރިވި ސްކޫލް ދަރިވަރުން ބުނީ މި ފެސްޓިވަލް އިން މަންތާ އާއި ބެހޭ ވަރަށްގިނަ މައުލޫމާތުގެ އިތުރުން ތިމާވެށި ހިމާޔަތް ކުރުމުގެ މުހިންމުކަން އިތުރަށް ވަޒަން ކުރެވިގެންދިޔަ ކަމަށާއި ތިމާވެށި ހިމާޔަތް ކުރުމަށް ކޮންމެ މީހަކު ވެސް މަސައްކަތް ކުރަން ޖެހޭ ކަން އިނގިގެންދިޔަ ކަމަށެވެ.

ދަރަވަންދޫގައި އިއްޔެ ބޭއްވި މަންތާ ފެސްޓިވަލްގެ ތެރެއިން—އީޓީ ފޮޓޯ/ތޯރިގް އަބްދުއްރަހްމާން

މި ފެސްޓިވަލުގެ ތެރެއިން ވަނީ ފެސްޓިވަލާއި ގުޅިގެން ސްކޫލް ކުދިންނަށް ހިންގުނު އެކި އެކި މުބާރާތްތަކުގެ ނަތީޖާ ވެސް ފާޅުކޮށްފަ އެވެ.

ބ. އަތޮޅު ބަޔޮސްފިއާ ރިޒާވް އޮފީހުން ބުނީ މިއީ ވަރަށް ކާމިޔާބު ފެސްޓިވަލެއް ކަމަށާއި މިއަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް މި ފެސްޓިވަލު ބާއްވަން ނިންމާފައިވާ ކަމަށެވެ.

ބަޔޮސްފިއާ ރިޒާވުގެ ދަށުން ބ. އަތޮޅުގައި ކަނޑައަޅާފައިވާ ކޯ އޭރިޔާތަކުގެ ތެރެއިން އެންމެ ހާއްސަ ތަނަކީ ހަނިފަރެވެ. އެއީ އެ ސަރަހައްދުގައި އެންމަޑި އާއި ފެހުރިހި އުޅޭތީ އެވެ. އެ ސަރަހައްދަކީ ރާއްޖެ އަންނަ ޓޫރިސްޓުންގެ ވެސް ވަރަށް މުހިންމު މަންޒިލެކެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ހަނިފަރަށް ފީނާ މީހުންގެ އަތުން ބޮޑު އާމްދަނީއެއް ލިބެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.