ރެޑްވޭވުގެ އަހަރީ ބާޒާރު ފަށައިފި

ފަރުނީޗަރު ވިއްކަން ޚާއްސަ ކޮށްގެން ރެޑް ވޭވުން މިއަހަރު ކުރީކޮޅު ހުޅުވި ފިހާރައިގައި ބައެއް މީހުން ހަރަކާތްތެރިވަނީ: ރެޑްވޭވްގެ ހުރިހާ ފިހާރައެއްގައި ވަނީ އަހަރީ ބާޒާރު ފަށާފައި

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމުގެ ރެޑްވޭވް ކުންފުނިން ހިންގާ ރެޑްވޭވް ފިހާރަތަކުން “ރެޑް ވޭވް އަހަރީ ބާޒާރު”ގެ ނަމުގައި، އެއް ލައްކަ ރުފިޔާގެ އިނާމު ލިބޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ރެޑްވޭވުން ބުނި ގޮތުގައި މިމަހު 15 އިން ޖެނުއަރީ 15، 2019 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ ޕްރޮމޯޝަންގައި މާލެ އަދި ހުޅުމާލޭގައި ހުޅުވާފައިވާ ރެޑްވޭވް ފިހާރަތަކުން ވިއްކާ ފަރުނީޗަރު، އިލެކްޓްރޯނިކް ސާމާނު، އަދި ބަދިގެ ސާމާނުގެ ވިޔަފާރި ކުރާ ކަސްޓަމަރުންނަށް 70 ޕަސެންޓާ ހަމަ އަށް ޑިސްކައުންޓް ދޭނެ އެވެ.

އޭގެ އިތުރުން މި ޕްރޮމޯޝަންގެ ދަށުން ރެޑްވޭވުން 1،500 ރުފިޔާ އަށް ވުރެ މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ. އަދި އެ ކޫޕަނުން ގޮރުއަތުން ހޮވޭ މީހުންނަށް ހަފުތާގެ އިނާމުގެ ގޮތުގައި އަގުހުރި އިނާމުތަކެއް ލިބޭނެ ކަމަށް ރެޑްވޭވުން ބުންޏެވެ.

އެގޮތުން އެއް ވަނަ އަށް ހޮވޭ މީހަކަށް 50،000 ރުފިޔާ، ދެ ވަނަ އަށް ހޮވޭ މީހަކަށް، 30،000 ރުފިޔާ، އަދި ތިން ވަނަ އަށް ހޮވޭ މީހަކަށް އިނާމުގެ ގޮތުގައި 20،000 ރުފިޔާގެ ނަގުދު ފައިސާ ލިބޭނެ އެވެ. އޭގެ އިތުރުން ސޯޝަލް މީޑިއާ މެދުވެރިކޮށް ގިނަ ބަޔަކަށް ހާއްސަ އިނާމުތަކެއް ދޭން ވެސް ވަނީ ހަމަޖެހިފަ އެވެ.

މި ޕްރޮމޯޝަންގައި ޗައިނާގެ މަޝްހޫރު ކޮންކާ ގްރޫޕް ކޮމްޕެނީ ލިމިޓެޑްގެ އަގު ހެޔޮ، ކޮލިޓީ ޓީވީ ވަނީ ތައާރަފްކޮށްފަ އެވެ. އެ ގޮތުން އެ ބްރޭންޑްގެ 4ކޭ ކޮލިޓީ ޓީވީ އަކީ ރާއްޖޭގެ ބާޒާރުގައި މި ވަގުތު ލިބެން ހުރި އެންމެ އަގު ހެޔޮ ޓީވީ އެވެ. މި ބްރޭންޑްގެ ޓީވީ ރާއްޖެ އަށް ތައާރަފް ކޮށް، އޭގެ ތަފާތު ފަސް ސައިޒެއް މިހާރު ދަނީ އެ ފިހާރަ އިން ވިއްކަމުންނެވެ.

ރެޑް ވޭވުން ބުނި ގޮތުގައި މިޕްރޮމޯޝަނަކީ ގޭތެރޭ ފަރުނީޗަރާއި ބަދިގެ ސާމާނު އާކޮށްލުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. އަދި މިހާތަނަށް އެ ޕްރޮމޯޝަނަށް ގިނަ ބައެއްގެ ޝައުގުވެރިކަން ލިބިފައިވާ ކަމަށް އެ ފިހާރަ އިން ބުންޏެވެ.

ފަރުނީޗަރު ވިއްކަން ޚާއްސަ ކޮށްގެން ރެޑް ވޭވުން މިއަހަރު ކުރީކޮޅު ހުޅުވި ފިހާރައިގައި ބައެއް މީހުން ހަރަކާތްތެރިވަނީ: ރެޑްވޭވްގެ ހުރިހާ ފިހާރައެއްގައި ވަނީ އަހަރީ ބާޒާރު ފަށާފައި

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.