އިންޑިއާ ކަނޑުގެ ލީޑިން ބީޗް ރިސޯޓްގެ އެވޯޑް ފިނޮޅަށް

ބ. އަތޮޅުގައި ހިންގާ ފިނޮޅު ރިސޯޓް

އިންޑިއާ ކަނޑުގެ ލީޑިން ބީޗް ރިސޯޓް އެވޯޑް ބ. އަތޮޅުގައި ހިންގަމުން އަންނަ ފިނޮޅު ބީޗް ރިސޯޓަށް ލިބިއްޖެ އެވެ.

ހިމާޔަތްކޮށްފައިވާ ބ. އަތޮޅު ބަޔޮސްފިއާ ރިޒާވް ސަރަހައްދުގައި ފިނޮޅު ރިސޯޓް އެއީ ރާއްޖޭގެ އެންމެ ތަފާތު އެއް ރިސޯޓެވެ. ބ. އަތޮޅުގައި ޖޫން 2016 ގައި ހުޅުވި މި ރިސޯޓުގެ ކޮންސެޕްޓް ވެސް ތަފާތެވެ. އާންމުކޮށް ރާއްޖެއިން ފެންނަ ލަގްޒަރީ ޑިޒައިންތަކުގެ ބަދަލުގައި، ފިނޮޅުން ފެންނަނީ ކުލަ ގަދަ “ރެޓްރޯ ލަގްޒަރީ” ޑިޒައިންތަކެވެ.

އެ ރިސޯޓްގައި ބީޗް ވިލާ އާއި އޯވާ ވޯޓާ ވިލާ އާއެކު ޖުމްލަ 125 ވިލާ ހުރެއެވެ. އަދި އެރިސޯޓަކީ އާއިލާތަކާއި ލޯބިވެރިންނަށް ހާއްސަ މާހައުލެއް ގާއިމްކޮށްފައިވާތަނެއް ވެސް މެއެވެ.

ފިނޮޅުރިސޯޓުގައި ޓޫރިސްޓުންނަށް ކެއުމުގެ ޚިދުމަތް ދިނުމަށް ހާއްސަ ތިން ރެސްޓޯރަންޓް ހުރެ އެވެ. އެގޮތުން ކްރެބް ޝެކް ރެސްޓޯރަންޓާއި ކަނުސަން އާއި ބާބާ ބީޗް ޑައިނާ ހިމެނެ އެވެ.

ފިނޮޅު ރިސޯޓަށް އެ އެވޯޑް ހަވާލު ކުރީ ބާލީގެ އަނަޔާ އެންޑް ސްޕާ ރިސޯޓުގައި މި މަހު ބޭއްވި 12 ވަނަ އަހަރީ ވޯލްޑް ލަގްޒަރީ ހޮޓެލް އެވޯޑް ގާލާގަ އެވެ.

ބ. އަތޮޅުގައި ހިންގާ ފިނޮޅު ރިސޯޓް

މި ރިސޯޓަކީ އާއްމުކޮށް ހޮލީވުޑް ތަރިންނާއި ގިނަ ސެލެބްރިޓީންވެސް ޗުއްޓީ ހޭދަކުރުމަށް އަންނަ ރިސޯޓެއްކަން ފާހަގަ ކުރެވެއެވެ. އެގޮތުން ބަލާއިރު މަޝްހޫރު “ބްލަރޑް ލައިންސް” ލަވައިގެ ކިޔުންތެރިޔާ ރޮބިންތިކް އާއި ޕެރިސް ހިލްޓަން އާއި މަޝްހޫރު ފިލްމް ޓައިޓޭނިކްގެ ތަރި ލިއޮނާޑޯ ޑިކެޕްރިއޯ ފަދަ އެތައް ތަރިންނެއް ޒިޔާރަތް ކުރިއެވެ.

ވޯލްޑް ލަގްޒަރީ އެވޯޑަކީ 2006 ވަނަ އަހަރުން ފެށިގެން މަތީ ފެންވަރުގެ ހޮޓާތަކާ ރިސޯޓުތަކަށް ޓޫރިސްޓުންނާއި، ތަޖުރިބާކާރުން އެކުގައި ވޯޓުލުމަށް ފަހު ދޭ އެވޯޑެކެވެ. އަދި އެ އެވޯޑްތައް ދިނުމުގައި ކޮންމެ އަހަރަކު 300،000 މީހުން ބައިވެރިވެ އެވެ.

މިރިސޯޓް ތަރައްގީ ކޮށްފައިވަނީ ކޯސްޓްލައިން އިންވެސްޓްމަންޓްގެ ހިއްސާ އޮންނަ ދަ ސްމޯލް މޯލްޑިވްސްގެ ފަރާތުންނެވެ. ބ. އަތޮޅުގައި އޮންނަ އަމިއްލަފުށި ރިސޯޓުވެސް ހިންގަމުން ގެންދަނީ އެ ކުންފުނިންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.