އެޓޯލް ކިއުޓް ތްރީ އޮން ތްރީ ސޮކާ ކަޕުން ކްއާޓާ ފައިނަލުން ފެއިމްސް ޔުނައިޓެޑް ކަޓައި ވެލާ ސްޕޯޓްސް އާއި އޭދަފުށީ ޕޮލިސް ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ކްއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި ރޭ ވެލާ ސްޕޯޓްސް އަތުން 1-0 އިން ބަލިވެ ފެއިމްސް ޔުނައިޓެޑް ކެޓިއިރު އެ ޓީމުވަނީ ވެތުގެ ދިޔަ ދެ އަހަރުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.
އޭދަފުށީ ޕޮސް ޓީމު ސެމީ އަށް ދިޔައީ ރޭ ޕެނަލްޓީ ޖަހައިގެން ދަ އެކްސް ކާޝަން އަތުން 2-1 އިން މޮޅުވެގެންނެވެ. މި މެޗުން ބަލިވުމާ އެކު ދަ އެކްސް ކާޝަންވެސް ވަނީ ކަޓައިފަ އެވެ.
ތްރީ އޮން ތްރީ ކަޕްގެ ވޭތުވެދިޔަ ދެ އަހަރުގެ ޗެމްޕިއަން ފެއިމްސް ޔުނައިޓެޑް އާއި ވެލާ ސްޕޯޓްސްގެ ކުރިމަތިލުމުގައި ރޭ ހަމައެކަނި ވެލާ ސްޕޯޓްސްގެ ލަނޑު ޖަހައިދިނީ މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމުހޯދި މައުމޫން އަބްދުލް ގައްޔޫމު އެވެ. ޕޮލިހާ އެކްސކާޝަން ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުހޯދީ ޕޮލިހުގެ އަބްދުއްސަލާމު އެވެ.
ވަރަށް ދެރަ ފެއިމްސް ކެޓީމަ
penalty jahaigen nengeyne molhukameh