ހަގީގީ ހާދިސާ: އިންނަން އުޅުނު ކުއްޖާ ރޭޕްކޮށްލި ޕާޓޭން

(ނޯޓް: މިއީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. މިވާހަކަ ލިޔުމުގެ ބޭނުމަކީ މުޖުތަމަޢުގައި ހިނގާ މިފަދަ ފާހިޝް އަމަލުތައް ހުޓުވުމަށް ބާރުއަޅައި މިފަދަ ކުށްކުރާމީހުންގެ ކިބައިން މިދިވެހި މުޖުތަމަޢު ސަލާމަތްކުރުމަށް ބާރުއެޅުމުގެ ގޮތުންނެވެ. މިވާހައިގައި ބޭނުންކޮށްފައިވާ ނަންނަމާއި ތަންތަނަކީ އަސްލެއް ނޫނެވެ.)

އަހަރެންނާއި ޝިފާ (އަސްލުނަމެއްނޫން) އަކީ ސްކޫލްދައުރުއްސުރެ ފެށިގެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދެ ލޯބިވެރިންނެވެ. ޝިފާއަކީ ޒުވާން ފިރިހެނުން ހިތްކަތިލާފަދަ ރީތި ސޫރައެއް ލިބިފައިވާ ގެވެހި އަންހެން ކުއްޖެކެވެ. ސްކޫލް ދައުރު ނިންމާލުމަށްފަހު އަހަރެން އަޒުމް ކަނޑައެޅީ ރަނގަޅު ވަޒީފާއަކަށް ވަނުމަށްފަހު ވީ އެންމެ އަވަހަކަށް ޝިފާއާއި ކައިވެނީގެ ގޮތުން ގުޅޭށެވެ. ޝިފާވެސް ބޭނުންވަނީ މިގޮތެވެ. ސްކޫލް ދަޢުރު ނިމުމަށްފަހު ޝިފާ އުޅެމުންދިޔައީ މާލޭގައި ދައްތައެއްގެ ގޭގައެވެ. ޝިފާވެސް ބޭނުންވަނީ އަހަރެންނާއެކު އުފާވެރި ދިރިއުޅުމެއް ވޭތުކުރުމެވެ. އަދި އަހަރެންވެސް ޝިފާ ނޫން އެހެން މީހަކު ބޭނުމެއް ނޫނެވެ. މިކަމާ ދެފަރާތުގެ އާއިލާވެސް ރުހި ޤަބޫލެވެ. އަހަރެން މާލޭގައި ދިރިއުޅެމުންދަނީ ގެއެއްގެ ތެރެއިން ވަކިން ކޮޓަރިއެއް ކުއްޔަށް ހިފައިގެންނެވެ. މިގޭގެ އެހެން ކޮޓަރިއެއްގައި ޕާޓޭން އުޅޭކަން އަހަރެންނަށް އެނގެއެވެ. އަދި މިމީހުން މަސްތުވާތަކެތި ބޭނުންކުރާކަންވެސް އަހަރެންނަށް އެނގެއެވެ. ނަމަވެސް އެމީހުންނާއި ދިމަލަށް އެއްޗެކޭ ބުނެފިނަމަ އަހަރެންނަށް މި ކޮޓަރީގައިވެސް ނޫޅެވޭނެކަން ޔަޤީނެވެ. މިކަމާ އަހަރެން ވަރަށް ޖެހިލުންވެއެވެ. ސަބަބަކީ މިހިސާބުގަނޑުގައި އުޅޭ ގިނަ ޕާޓޭން މިގޭގައި ހުންނަ އެހެން ކޮޓަރިތަކަށް އައިސް އުޅޭތީއެވެ. ކަން މިހެން ހުރިނަމަވެސް އަހަރެންގެ ޓާގެޓަކީ މެރީކޮށްގެން އަހަރެން ކުއްޔަށް ހިފައިގެން އުޅޭ ކޮޓަރީގައި ދިރިއުޅުމެވެ.

އެހެންނަމަވެސް ކަންތައްތައް ވެދިޔައީ އަހަރެން ހީކުރިގޮތަކަށް ނޫނެވެ. އަހަރެން އިންނަންވެގެން ރަން ކިޔައިފީމެވެ. އަދި ކައިވެނިކުރާ ދުވަސް ކަނޑައެޅުމަށްފަހު ކޯޓަށް ފޯމް ހުށަވެސް އަޅައިފީމެވެ. ފޯމް ހުށަހެޅިތާ 4 ދުވަސް ފާއިތުވެއްޖެއެވެ. ކައިވެނިކުރަން ތިން ދުވަހަށް ވީއެވެ. އެހެންކަމުން އަހަރެން ޤަސްތުކުރީ އަހަރެމެން ދެމީހުން ކައިވެނީގެ ފަހުން ދިރިއުޅުން ބަދަލުކުރާ ކޮޓަރި ޝިފާއަށް ދައްކާލުމަށެވެ. އެއީ އޭރު އަހަރެން ދިރިއުޅެމުން އައި ކޮޓަރިއެވެ. އޭރުވެސް އެއްކަލަ ޕާޓޭންތައް އެކޮޓަރިއާއި ޖެހިގެން ހުރި ކޮޓަރީގައި އުޅެއެވެ. ނަމަވެސް ރޭގަނޑުގެ ގިނަ ވަގުތުތައް އެޕާޓޭންތައް ހޭދަކުރަނީ ގެއިން ބޭރުގައި ކަމުން އަހަރެން ނިންމީ އެރޭ ޝިފާ އަހަރެންގެ ގެއަށް ގެނައުމަށެވެ.

އެހެންކަމުން އެރޭ އަހަރެންގެ ކޮޓަރިއަށް ޝިފާ ގެނައިމެވެ. އަދި ކޮޓަރީގައި ދެމީހުން ލޯބީގެ ވާހަކަތައް ދައްކައި މާފޮޅުވަމުން ދިޔައިމެވެ. ކޮޓަރި ދޮރުލައްޕާފައި ހުއްޓަސް ކޮޓަރީގެ ފެންލައިޓުން ބޭރު ފެނެއެވެ. މިހެން ތިއްބާ ވަރަށް ބާރަށް ކުއްލިއަކަށް ކޮޓަރިއަށް އެއްޗެއް ވެއްޓުން އަޑަށް ފެންލައިޓާ ދިމާލަށް އަހަރެންނަށް ބަލައިލެވުނެވެ. އަހަރެންނަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. ފެންލައިޓުން ކޮޓަރިއަށް ފުންމާލީ މިގޭގައި އުޅޭ ޕާޓޭއެކެވެ. އެވަގު އޭނާ އެއައީ ކީއްކުރަންކަމެއްވެސް އަހަރެންނަކަށް ނޭގެއެވެ. ބަލާބެލުމަށް އޭނާ ހުރީ މަސްތުވެފައިވާ ހާލުގައެވެ. އަދި ފެންލައިޓުން ކޮޓަރިތެރެއަށް ފުންމާލުމަށް ފަހު ދުވެފައިގޮސް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އެވަގުތު ކޮޓަރިތެރެއަށް އެހެން ދެ ޕާޓޭއެއް ދެމިގަތެވެ. އަދި ދޮރު ތަޅުލުމަށްފަހު އެތިން މީހުން ވެގެން އަހަރެންގެ ގައިގައި ހިފައި އަނގަމަތީގައި ޓޭޕް އެޅިއެވެ. އެވަގުތު ޝިފާއަށް ހަދާނެގޮތެއް ނޭގިގެން ފާހާނާތެރެއަށް ދެމިގަތެވެ. ހަމަ އެވަގުތު އެތަނުން އެއް ޕާޓޭ ދުވެފަގޮސް ޝިފާގެ އަތުގައި ހިފާ ދަމައިގަތެވެ. އަދި އެނާ ހަޅޭއްލަވަން ފެށުމުން އޭނާގެ އަނގަމަތީގައި އަތްއެޅިއެވެ. އޭރު އަހަރެން ގެ ދެފަޔާއި ދެއަތް ހުރީ ފޮތިގަނޑަކުން ބަނދެފައެވެ. އަދި އަހަރެންގެ އަނގަމަތީގައި ޓޭޕް އަޅާ ބަންދުކުރުމަށްފަހު ކޮޓަރި ތަޅުން މަތީގައި ބޭންދިއެވެ. އެއަށްފަހު އެ ތިން ޕާޓޭންވެގެން ޝިފާގެ އަގަމަތީގައި ޓޭމް އެޅުމަށްފަހު އަހަރެންގެ ކުރިމަތީގައި ޝިފާ ގަދަކަމުން ބަރަހަނާކޮށް އެމީހުން ޝިފާ ރޭޕްކޮށްލިއެވެ. އެވަގުތު އަހަރެންގެ ލޮލުން ކިތަންމެ ކަރުނައެއް ހިލުނަސް މީހަކަށް ގޮވާލާނެ އަދި ޝިފާ ސަލާމަތްކުރެވޭނެ ގޮތެއް ނެތެވެ. އަހަރެން ހުރީ ބަނދެފައެވެ.

އަދި މިވަރަކުން އެމީހުންނަކަށް ނުފުދުނެވެ. އިރުކޮޅެއްނުވެ އެއްކަލަ ތިން ޕާޓޭންވެގެން ޝިފާގެ ކަރުގައި އެނދުމަތީގައި އޮތް ބެޑުޝީޓް އެއްސިއެވެ. އެއަށްފަހު އަހަރެން ކޮޓަރިން ބޭރަށް ނެރެ މަގުމަތީގައި ބޭންދުމަށްފަހު ޝިފާ ކޮޓަރިން ނެރެ ކަރުގައި އައްސާފައިވާ ބެޑުޝީޓްގެ ކޮޅުގައި ހިފައިގެން މަގުމަތީގައި ދަމަން ފެށިއެވެ. އޭރު އެސަރަހައްދުގައި މަންޒަރު ބަލަން މީހުން ތިބިކަން އެނގެއެވެ. ނަމަވެސް އެއިން އެއްވެސް މީހެއްގެ ފަރާތުން އެހީތެރިކަމެއް ނުލިބުނެވެ. އޭރު މެންދަމުން އަލިވެ 2 ވެސް ޖަހާފާނެއެވެ. ނަމަވެސް ނަސީބް ކަންދިމާކުރިގޮތުން ރަށުތެރެ ޕެޓްރޯލްކުރަން އުޅުނު ފުލުހުންގެ ބަޔަކަށް މިމަންޒަރު ފެނިގެން ވަގުތުން ފުލުހުން އައިސް ޝިފާއާއި އަހަރެން ސަލާމަތްކުރިއެވެ. އަދި މި ޕާޓޭންތައް ފުލުހުން ހައްޔަރުކުރިއެވެ.

މިހާދިސާއަށްފަހު ޝިފާ ވަނީ މާޔޫސްވެފައެވެ. ސިފާ އިނީ ބަލިވެއެވެ. އަހަރެން ކިތަންމެ ބޭނުންވިޔަސް ޝިފާއާއި މިއަދު ކައިވެނިކުރެވެން އަންނަނީ ޝިފާ ވިހާ ގަދަވުމަށްފަހުއެވެ. މިކަމުގައި ޝިފާގެ އެއްވެސް ކުށެއް ނެތެވެ. އަދި އަހަރެންނަށްވެސް ހެދޭނެ އެއްވެސް ގޮތެއް ނެތެވެ. މިއީ އަހަރެމެންނަށް މިއަދު މިންވަރު ކުރެއްވިގޮތެވެ. ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! މިނުބައި ފާހިޝް އަމަލުތައް ކުރާ މީހުންގެ ކިބައިން އަޅަމެން ސަލާމަތްކުރައްވާންދޭވެ! އާމީން.

………………………

މިހާދިޝާއާއި ގުޅިގެން ޝިފާއަށް ޖިސްމާނީގޮތުންނާއި ނަފްސާނީގޮތުން ލިބުނު މި އަނިޔާ ސަބަބުން މުޅި ހަޔާތް މިއަދު މިވަނީ ބަނަވެފައެވެ. ކައިވެނީގެ ފުރަތަމަ ރެއަށް ކުރި އިންތިޒާރު މިއަދު މިވަނީ މަސްތުވެފައިތިބި ބައެއްގެ އަތްދަށުވެ ވެއްޔާ މޮޑެލާފައެވެ. ނަމވެސް ހިތްވަރަކީ އަހަރެން ޝިފާއަށް ކުރާ އިތުބާރެވެ. ޝިފާދެކެ ހަޤީޤީ ލޯބިވުމެވެ.

މުޖުތަމަޢުގައި ދިރިއުޅޭ މިފަދަ ވިޔާނުދާ މީހުންގެ ހަޑިމުޑުދާރު ނުބައި އަމަލުތަކުން ރައްކާތެރިވުމަށް ތިމާ އުޅޭ ކޮޓަރި ނުވަތަ ގެއަކީ ތިމާއަށް ސަލާމަތްތެރި ތަނަކަށް ހަދަމާތޯއެވެ. އަދި އެތަނުގައި ދިރިއުޅޭ ބައެއްގެ ސަބަބުން ތިމާގެ ހަޔާތަށް ބަނަކަމެއް އަޔަދީގެން ނުވާނެއެވެ. އަދި މިފަދަ ޢަމަލެއް ބަޔަކު ހިންގާކަމުގެ މަޢުލޫމާތު ލިބި، ނުވަތަ މިމަންޒަރު ދުށް މީހަކު ހުރި ނަމަވެސް އެމީހަކު ކަމާބެހޭ ފަރާތަށް މިމަޢުލޫމާތުދީ ނުވަތަ މިކަން ހުއްޓުވުމަށް މަސައްކަތްކުރުމަކީ މިފަދަ ޢަމަލުތައް މަދުކުރުމަށް އެޅޭ ވަރަށް ބޮޑު ބާރެކެވެ. އަދި މިކަން ހުއްޓުވުމަށް މަސައްކަތްކުރުމަކީ ކޮންމެ ފަރުދެއްގެވެސް ވާޖިބެކެވެ. އަހަރެމެންގެ ތެރެއިން ހަމަ ކޮންމެ މީހަކީވެސް އުފާވެރި ހަޔާތެއް ވޭތުކުރުމަށް ބޭނުންވާނެ މީހެކެވެ.
…………………

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.