ދަ ބިގިނާސް ތްރީ އޮން ތްރީ ސޮކާ ކަޕްގެ ސެމީ ފައިނަލުގެ ފަހު ދެ ޖާގަ އެފްސީ ހަބޭސް އާއި އެފްސީ ސޫޕްހޯދައިފި އެވެ.
އެފްސީ ހަބޭސް ސެމީއަށް ދިޔައީ ރޭ ކުޅުނު ކުއާޓާ ފައިނަލުގެ މެޗުގައި ވީ ކޮމްބިނޭޝަން އަތުން 2-0 އިން މޮޅުވެގެންނެވެ.
އެފްސީ ސޫޕް ސެމީ އަށް ދިޔައީ ރޭ ކުޅުނު ދެ ވަނަ ސެމީގައި އޯއެމްއޯ ސްޕެސަލް އަތުން 1-0 އިން މޮޅުވެގެންނެވެ.
މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ ދެ ޖާގަ ހޯދީ ވެލާ ސްޕޯޓްސް އާއި އޭދަފުށީ ޕޮލިސް ޓީމެވެ. ސެމީ ފައިނަލުގެ ދެ މެޗު ވެސް މިރޭ ކުޅޭނެ އެވެ. ސެމީގެ ފުރަތަމަ މެޗުގައި މިރޭ ވެލާ ސްޕޯޓްސް އާ ދެކޮޅަށް އެފްސީ ހަބޭސް ނުކުންނައިރު ދެވަނަ މެޗުގައި ޕޮލިހާ ދެކޮޅަށް ކުޅޭނީ އެފްސީ ސޫޕް އެވެ. ފައިނަލް މެޗު އޮންނާނީހޯމަ ދުވަހުގެ ރެ އެވެ.
މިދިޔަ އަހަރުގެ ތްރީ އޮން ތްރީ ކަޕް ކާމިޔާބުކުރީ ފެއިމްސް ޔުނައިޓެޑް އެވެ. އެއީ ފައިނަލުގައި ދަ ބްލޫސް އަތުން 9-1 އިން މޮޅުވެގެންނެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމު އަންނަ އަހަރުގެ މުބާރާތަށް ކޮލިފައިވާނެ އެވެ.