ރޯދަވެރިޔާ އަށް ހަނދާންކޮށްދެވޭ ކަންތައްތަކެއް

1 – ރޯދައަކީ ފާފަފުއްސެވޭ އަޅުކަމެއްކަން ޤަބޫލުކޮށްގެންހުރެ ރޯދަހިފާށެވެ.

2 – ޢުޒުރަކާ ނުލައި ރޯދަދޫކޮށްލުމަކީ ބޮޑެތި ފާފައިގެ ތެރެއިން ފާފައެއް ކަމުގައިވާތީވެ އެކަންނުކުރުމަށް ޢަޒުމު ކަނޑައަޅާށެވެ.

3 – ތިބާގެ ދުޢާ އާއި ޢަމަލުތައް ޤަބޫލުވެވުމަށް ޓަކައި ތިބާ ކައިބޮއި ހަދާ ތަކެއްޗާއި އަންނައުނަކީ ހަލާލުގޮތުގައި ހޯދާތަކެތި ކަމުގައި ވާންވާނެ އެވެ.

4 – ރޯދަވެރިއަކަށް އިފްތާރު (ރޯދަވީއްލުން) ދޭށެވެ. އޭނާގެ ރޯދައިގެ ޘަވާބު ތިބާ އަށް ވެސް ލިބޭނެ އެވެ.

5 – ތިބާގެ ގޭގައި ނަމަވެސް ތަރާވީހް ނަމާދު ކުރެވޭތޯ ބަލަންވާނެ އެވެ.

6 – ރޯދަމަހުކުރެވޭ ޞަދަޤާތުގެ ދަރުމަ އިތުރުވެގެންވާ ކަމަށްޓަކައި އެމަހުގެ ތެރޭގައި އެކަން ގިނަކުރެވޭތޯ ބަލާށެވެ.

7- ފައިދާހުރި ގޮތުގައި ވަގުތުގެ ބޭނުން ހިފާށެވެ.

8- ރޯދަމަހު ކުރާ ޢުމްރާއެއްގެ ޘަވާބު ޙައްޖެއްގެ ޘަވާބާ އެއްވަރުވާކަމަށް ޓަކައި ކުޅަދާނަކަން ލިބިގެންވާ މީހުން އެ މަހުގެ ތެރޭގައި އެކަންކުރެވޭތޯ ބަލާށެވެ.

9- ފަޖުރުގެ އަލިކަން ފައުޅުވުމާ ކައިރި ވަގުތެއްގައި ހާރުކެއުން މޮޅުއިތުރުވެގެންވާ ކަމަށް ޤަބޫލުކުރާށެވެ.

01- އިރުއޮއްސިއްޖެކަން ޔަޤީންވުމުން ރޯދަވީއްލުމަށް އަވަސްވެގަންނާށެވެ. ހަމަކަށަވަރުން އެކަމަށް ﷲގެ ރުހިވޮޑިގަތުން ތިބާއަށްވެއެވެ.

11- ޖުނުބުވެރިވެފައިވާ ނަމަ ފަތިސްވުމުގެކުރިން ހިނައި ތާހިރު ނުވެވިއްޖެ ނަމަ އަޅުކަން ކުރުމުން އެއްކިބާ ވެވޭކަމަށް ޓަކައި އެކަންކުރުމަށް އަވަސްވެގަންނަންވާނެ އެވެ.

12- ޤުރުއާނުގެ ތިލާވަތުކުރުން ގިނަކުރާށެވެ.

13- ރޯދައިގެ ޘަވާބު އުނިވެދާނޭ ކަމަށްޓަކައި ދޮގުހެދުމާއި ޣީބަބުނުމާއި ދެބައުޑުވުމުން ދުރުހެލިވާށެވެ.

14- ރުޅިގަދަވިޔަ ނުދީ ނަފްސު ހިފެހެއްޓޭތޯ ބަލަންވާނެ އެވެ. އެހެންނޫން ނަމަ އެއީ ނުކައިނުބޮއި ހުންނަންޖެހޭތީވެ ވާކަމެއް ކަމަށް ތިބާގެ މައްޗަށް ތުހުމަތުކުރެވި ފަޟީހަތް ވެދާނެ އެވެ.

15- ރަމަޟާންމަހުގެ ރޯދަ ހިފުމުގެ ސަބަބުން އިތުރުވެފައިވާ ތަޤްވާވެރިކަން ދެމެހެއްޓުމަށްޓަކައި ސުންނަތް ރޯދަ ހިފުމަށް ޢަޒުމް ކަނޑައަޅައިގެން އެކަންކުރަން ވާނެ އެވެ.

16- ތިބާ އާއި ތިބާގެ މައިންބަފައިން އަދި ދަރީންގެ މައްޗަށް ތިބާކުރާ ދުޢާ އިތުރުކުރާށެވެ.

17- ކީރިތިރަސޫލާގެ މައްޗަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ކުރާ ދުޢާ ގިނަކުރާށެވެ. ހަމަ އެފަދައިން އެކަލޭގެފާނުގެ އާލުވެރި ބޭކަލުންނާއި އަޞްޙާބު ބޭކަލުންނާއި ތާބިޢީ ބޭކަލުންގެ މައްޗަށް ވެސް އެކަންކުރުން ގިނަކުރާށެވެ.

18- ރޯދަމަހު ރޯދައިގެ ޘަވާބު އެންމެ ފުރިހަމަ ވާނީ ޝައްވާލު މަހުގެ ހަ ރޯދަ ވެސް ހިފައިގެންނެވެ. އެގޮތް ބޭނުންވާ އަޚުންނާއި އުޚުތުން އެކަންކުރަންވާނެ އެވެ.

19- ހަ ރޯދައަކީ ހަމަ އެކަމަށް ނިޔަތް ގަނެގެން ހިފާ ރޯދަތަކެއް ކަމުގައި ހަދަންވާނެ އެވެ. ރޯދަމަހުގެ ރޯދަތަކުން ވީއްލުނު ރޯދަތައް ފުރިހަމަކުރާ ރޯދަތަކަށް ހަދައިގެން ނުވާނެ އެެވެ.

 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.