އަންނަ އަހަރު ހިތާދޫ ސްކޫލުގައި އިތުރު ކްލާސް ރޫމްތަކެއް އަޅަނީ

އަންނަ އަހަރު ހިތާދޫ ސްކޫލުގައި އިތުރު ކްލާސް ރޫމްތަކެއް އިމާރާތް ކޮށްދެއްވާނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީ ބުނެފައިވާ ކަމަށް އެ ސްކޫލުން ބުނެފި އެވެ.

ހިތާދޫ އަށް ހާއްސަކޮށްގެން ނެރޭ އޮންލައިން ނޫހެއް ކަމަށްވާ ހިތާދޫ އޮންލައިން ގައި ބުނެފައިވަނީ އަންނަ އަހަރު ހިތާދޫ ސްކޫލުގައި ހަ ކްލާސް ރޫމްގެ ދެބުރި އިމާރާތެއް އަޅުއްވާ ދެއްވާނެކަމަށް ހިތާދޫ ސްކޫލުގެ ޕްރިންސިޕަލާއި އެކު މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިމާދު ސޯލިހު ވިދާޅުވެފައިވާ ކަމަށެވެ.

ހިތާދޫ ސްކޫލަށް ޖާގައިގެ ދަތިކަން ކުރިމަތިވުމުން ދަރިވަރުންނަށް ބޭނުންވާ އިތުރު ކްލާސްތައް ނަގައިދިނުމުގައި މިހާރު ވަރަށް ބޮޑަށްދަތިވެފައިވާ ކަމަށް އެ ސްކޫލުން ބުނެއެވެ. ނަމަވެސް އަންނަ އިތުރު ހަ ކްލާސް ރޫމް ލިބުމުން މިހާރު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުވެގެން ދާނެކަމަށާއި އަދި އެއްދަންފަޅިއަށް ކިޔެވުން ބަދަލު ކުރެވޭނެކަމަށްވެސް އެ ސްކޫލުން ބުނެއެވެ. އަދި މީގެ ސަބަބުން ދަރިވަރުންނަށް އިތުރަށް ބޭނުންވާ ރިމީޑިއަލް ކްލާސްތަކާއި އިތުރުގަޑީ ކްލާސްތައް ނަގައިދިނުމަށް ފަސޭހަވާނެކަމަށްވެސް އެ ސްކޫލުން ބުނެއެވެ.

60 އަހަރު ވެފައިވާ ހިތާދޫ ސްކޫލަކީ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އިތުރުން މި އަތޮޅުގައި އޭ ލެވަލަށް ކިޔަވައިދޭ ހަމައެކަނީ ސްކޫލެވެ. ތައުލީމީ ރޮނގުން ކުރިއެރުންތަކެއް ހޯދަމުން އަންނަ ހިތާދޫ ސްކޫލުން ވޭތުވެދިޔަ 2010 ވަނަ އަހަރާއި 2011 ވަނަ އަހަރު އޯލެވަލު އިމްތިހާނުން މުޅިރާއްޖެއިން ގަދަ ދިހައެއްގެ ދެ ވަނަ އާއި ހަތަރު ވަނަ ހިތާދޫ ސްކޫލުގެ ދެ ދަރިވަރަކު ވަނީ ހޯދައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.