ދެ ލައްކަ ރުފިޔާގެ އަގުހުރި އިނާމާއެކު އުރީދޫން ފޯރިގަދަ އެސްއެމްއެސް މުބާރާތެއް ފަށައިފި

މަގްބޫލު ގޭމް ކަމަށްވާ “ހޭންގް މޭން” އަށް ބިނާކޮށް، “ގެސް ދަ ވޯލްޑް” ގެ ނަމުގައި އެސްއެމްއެސް މެދުވެރިކޮށް ކުޅޭ ވަރަށް ފޯރިގަދަ މުބާރާތެއް އުރީދޫ އިން މިއަދު ފަށައިފިއެވެ.

މި ގޭމް ކުޅެ، އެންމެ މޮޅު ސްކޯ ހޯއްދަވާ ބައިވެރިންނަށް އުރީދޫ އިން ވަނީ ޑޭޓާ ޕެކޭޖް، ސްމާޓް ފޯނު އަދި މެކްބުކް އެއާ ހިމެނޭ، ދެ ލައްކަ ރުފިޔާގެ އަގުހުރި އިނާމު ހުށައަޅާފަ އެވެ.

އުރީދޫން ބުނިގޮތުގައި “ގެސް ދަ ވާރޑް” ކުޅުންތެރިންގެ އަމާޒަކަށްވާނީ ތަފާތު އެކި ލަފްޒުތައް ދިމާކޮށް، ފަސް ލެވެލް އަކަށް ބެހިފައިވާ މި ގޭމުން އެންމެ ގިނަ ޕޮއިންޓް ހޯދުމެވެ. މިގޮތުން، މަތީ ލެވަލްތަކުގެ ލަފްޒުތައް އުނދަގޫވެފައި، ލިބޭ ޕޮއިންޓުތައް އިތުރުވެގެން ދާނެއެވެ. 10 ޖަނަވަރީ 2019 އިން 10 އެޕްރީލް 2019 އަށް ކުރިއަށްދާ މި މުބާރާތުގައި ބައިވެރިވުމަށް، “GO” ޖެއްސެވުމަށް ފަހު 4646 އަށް އެސް.އެމް.އެސް ކުރަށްވާށެވެ.

“ގެސް ދަ ވާރޑު”ގައި ބައިވެރިވެ، ލީޑަރބޯޑުގައި އެންމެ ކުރި ހޯދާފައިވާ ކުޅުންތެރިންނަށް ލިބޭ އިނާމުތަކުގެ ތެރޭގައި ދުވަހުގެ ޓޮޕް ސްކޯރާ އަށް 1.25 ޖީބީ ޑޭޓާ އާއި ކޮންމެ 15 ދުވަހެއްގެ ޓޮޕް ސްކޯރާ އަށް އައިފޯން އެކްސް އާއި މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް މެކްބުކް އެއާ ގެ އިތުރުން މުޅި މުބާރާތުގެ ދެވަނައަށް މޮޅު ކުޅުންތެރިޔާއަށް ސެމްސަންގ ގެލެކްސީ ނޯޓް 9 އަދި  މުޅި މުބާރާތުގެ ތިންވަނައަށް މޮޅު ކުޅުންތެރިޔާއަށް އެޕަލް ވޮޗް ހިމެނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.