“ގޯލްޑް 100” އެވޯޑްސްގެ ޕްލެޓިނަމް ޕާރޓްނަރަށް މިއަހަރުވެސް ބީއެމްއެލް ހަމަޖައްސައިފި

ރާއްޖޭގެ ކުރިއަރާފައިވާ ވިޔަފާރި ކުންފުނިތައް ފާހަގަކޮށް ދެވޭ ” ގޯލްޑް 100″ ގެ ޕްލެޓިނަމް ޕާރޓްނަރގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް ހަމަޖައްސައިފި އެވެ.

މިއީ ރާއްޖޭގެ ވިޔަފާރި އާއި މާލީ ދާއިރާ އާ ގުޅޭ ޚަބަރުތައް ގެނެސްދޭ ” ކޯޕަރޭޓް މޯލްޑިވްސް” އާއެކު މި އެވޯޑް ދިނުމުގައި ބޭންކުން ޖެހިޖެހިގެން ބައިވެރިވާ ތިންވަނަ އަހަރެވެ. މިދިޔަ އަހަރެކޭ އެއްގޮތަށް ރާއްޖޭގެ އެންމެ ކުރިއަރާފައިވާ 100 ވިޔަފާރިތައް ހޮވުމަށްޓަކައި ހުށަހެޅޭ ކުންފުނިތަކުގެ މައުލޫމާތު އިވެލުއޭޓްކުރުމަށް މިނިވަން ކޮންސަލްޓަންސީ ފާމެއްވަނީ ކަނޑައަޅާފައެވެ. މި އެވޯޑް ލިބޭ ފަރާތްތައް އާންމުކުރެވިގެންދާނީ 23 ފެބްރުވަރީ 2019 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ގޯލްޑް 100 ގާލާ އިވެންޓުގައެވެ.

މި ސްޕޮންސަރޝިޕް އާ ގުޅޭގޮތުން ބީއެމްއެލްގެ ޑައިރެކްޓަރ އޮފް ބިޒްނަސް ކުލްދީޕް ޕަލިވާލް ވިދާޅުވީ ރާއްޖޭގެ އެންމެ ކުރިއަރާފައިވާ ވިޔަފާރިތަކަށް އަމާޒުކޮށް ދެވޭ ގޯލްޑް 100 އެވޯޑް ދިނުމަށް ކޯޕަރޭޓް މޯލްޑިވްސް އާ އެކު ތިންވަނަ އަހަރަކު ޕަރޓްނަރޝިޕެއް ގާއިމުކުރެވޭ ކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް  ކަމަށެވެ.

“ބޭންކުން މިދަނީ ރާއްޖޭގެ ވިޔަފާރިތަކަށް ދޭ އެހީތެރިކަން އިތުރުކުރަމުން. އަދި މި އެވޯޑާއެކު ބޭންކުން މިދަނީ އެ ކުންފުނިތަކުން ހޯދަމުންދާ ކާމިޔާބުތަކުގެ އަގުވަޒަންކުރަމުންވެސްމެ.”

މުޅި ރާއްޖެ ޝާމިލްވާ ގޮތަށް ބްރާންޗް، ރިލޭޝަންޝިޕް މެނޭޖަރުން، ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ، އޭޓީއެމް، ޕީއޯއެސް މަރޗަންޓުން އަދި 20 އަތޮޅުގައި އެޖެންޓުން ހިމެނޭ ބޭންކިންގ ވިއުގައެއްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.