ތާރުއަޅަން ގެނެސްފައިހުރި މެޝިންތައް އަނބުރާ ގެންދަނީ

މިދިޔަ ސަރުކާރުން ފަށާފައިވާ އޭދަފުށީ މަގުހެދުމުގެ މަޝްރޫއުގެ ދަށުން ހަދާ މަގުތަކުގައި ތާރުއެޅުމަށް ގެނެސްފައިވާ މެޝިނަރީޒްތައް އަނބުރާ ގެންދަން ފަށައިފި އެވެ.

އީޓީ އަށް އެނގިފައިވާ ގޮތުގައި ވެރިކަން ބަލުވިފަހުން މި މަސައްކަތް ހުއްޓިފައި އޮތުމަށްފަހު، އެ މެޝިންތަކުގެ ތެރެއިން ބައެއް މެޝިންތައް މިހާރުވަނީ އަނބުރާ ގެންގޮސްފަ އެވެ.

އޭދަފުށީ ކައުންސިލަރަކު ވިދާޅުވީ މެޝިންތައް އަނބުރާ ގެންދާކަން އެގިވަޑައިގެންފައިވާ ކަމަށާ އެއީ އެމެޝިންތައް ގެނެސްފައިވަނީ ވަކި މުއްދަތަކަށް ކުއްޔަށް ހިފައިގެން ކަމަށް ވާތީ އަދިވެސް މަސައްކަތް ފެށޭނެ ވަކި ތާރީޚެއް ނޭނގޭ ކަމަށެވެ.

އޭދަފުށީގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް 33 މިލިއަން ރުފިޔާ އަށް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ހައުސިން މިނިސްޓްރީއާއި މިހާރު އުވާލާފައިވާ އެމްއާާރްޑީސީ އާ ދެމެދު އެއްބަސްވެ ސޮއިކޮށްފައިވަނީ 2015 ވަނަ އަހަރުގެ ޖޫންމަހު އެވެ.  އެ ކުންފުނިން މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ، މި މަސައްކަތް ހަވާލުކުރިތާ އަހަރަކަށްވުރެ ގިނަދުވަސްވީ ފަހުން 2017 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހު އެވެ. 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.