ދިރާގު ހައި ސްޕީޑް ފައިބަ އިންޓަނެޓްގެ ހިދުމަތް އަލިފުއްޓައި ނިލަންދޫއަށް ތައާރަފްކޮށްފި

ރ. އަލިފުށީގައި ދިރާގު ހައި ސްޕީޑް ފައިބާގެ ހިދުމަތް ތައާރަފް ކުރުން | ފޮޓޯ: ދިރާގު

ދިރާގުން ހައި ސްޕީޑް ފައިބާ އިންޓަނެޓްގެ ޚިދުމަތް ރ. އަލިފުއްޓަށާއި ފ. ނިލަންދޫއަށް ތައާރަފްކޮށްފި އެވެ.

ދިރާގުން ހައި ސްޕީޑް ފައިބާ އިންޓަނެޓުގެ ޚިދުމަތް މުޅި ރާއްޖެ އަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގައި 2016 ވަނަ އަހަރުން ފެށިގެނ މިހާތަނަށް ރާއްޖޭގެ އާބާދީގެ %70 އަށް ވަނީ ފޯރުކޮށްދީފަ އެވެ.

ފ. ނިލަންދޫގައި ދިރާގު ހައި ސްޕީޑް ފައިބާގެ ހިދުމަތް ތައާރަފް ކުރުން | ފޮޓޯ: ދިރާގު

ފައިބަރ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ އެވެ. ދިރާގު ފައިބަރ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑު، 100 އެމްބީޕީއެސް އަދި އެންމެ ބޮޑު އެލަވަންސްކަމުގައިވާ 1ޓީބީގެ ޕެކޭޖް އެކުލެވިގެންވާ ޚިދުމަތެވެ. މިހާރު މި ދެ ރަށުގެ ގޭބިސީތަކާއި އަދި ވިޔަފާރިތަކަށް މި ހިދުމަތް ފުރިހަމަޔަށް ލިބެމުންދާނެއެވެ.

ދިރާގުން ބުނިގޮތުގައި އެ ކުންފުނިން އަބަދުވެސް ބަލަނީ ކަސްޓަމަރުންނަށް ދެވޭނެ ލުއިފަސޭހަގޮތްތައް ހޯދައިދިނުމެވެ. އެގޮތުން އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖްރިބާ ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތް ދިރާގުން ކުރިއަށް ގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.