ޓްރެވަލާސް ޗޮއިސްގެ ގިނަ އެވޯޑްތަކެއް މިލައިދޫއަށް

ރާއްޖޭގެ އެންމެ ހިދުމަތް ރަނގަޅު ރިސޯޓަކަށް ދޭ ޓޮޕް ބެސްޓް ސާވިސް އެވޯޑާއެކު ޓްރިޕްއެޑްވައިޒާ އިން ދޭ، “ޓްރެވަލާސް ޗޮއިސް” ގެ ގިނަ އެވޯޑުތަކެއް މިލައިދޫ މޯލްޑިވްސް އަށް ލިބިއްޖެ އެވެ.

ބ. އަތޮޅުގައި ހިންގަމުން އަންނަ މަތީ ފެންވަރުގެ އެ ރިސޯޓުން ވަނީ އޭޝިއާގައި ހަތް ވަނަ އަށް އެންމެ ހިދުމަތް ރަނގަޅު ރިސޯޓުގެ އެވޯޑުވެސް ހާސިލުކޮށްފަ އެވެ. އަދި ދުނިޔޭގައި އެންމެ ހިދުމަތް ރަނގަޅު 20 ތަނުގެ ތެރޭގައި ވެސް އެ ރިސޯޓް ހިމެނިފައިވާ ކަމަށް މިލައިދޫ މޯލްޑިވްސް އިން ބުންޏެވެ.  

“ޓްރެވަލާސް ޗޮއިސް” އެވޯޑުގައި މިލައިދޫއަށް ލިބުނު އެހެން ވަނަތަކުގެ ތެރޭގައި “ޓޮޕް ހޮޓެލްސް އިން މޯލްޑިވްސް” އެވޯޑާއި އޭޝިއާ ހޮޓެލް ރޭންކިންގެ އެންމެ ރަނގަޅު 10 ހޮޓަލުގެ ތެރޭގައި ވަނި ހިމެނިފަ އެވެ. އަދި ރާއްޖޭގެ ތިންވަނަ އަށް އެންމެ ރޮމޭންޓިކް ހޮޓަލާއި އޭޝިއާގެ އެންމެ ޓޮޕް ވަނަ ވެސް ލިބިފައިވަނީ އެ ރިސޯޓަށެވެ.

ރާއްޖޭގެ ސަގާފީ ގިނަ ކުލަތައް ހިމެނޭ ގޮތަށް ބ. މިލައިދޫ ރިސޯޓު ހުޅުވާފައިވަނީ 2016 ވަނަ އަހަރު އެވެ. ބ. އަތޮޅު ޔުނެސްކޯގެ ބަޔޮސްފިއާ ރިޒާވްގައި 2016 ވަނަ އަހަރު ހުޅުވި މި ރިސޯޓު ފަރުމާކޮށްފައިވަނީ ދިވެހި ފަރުމާ ކުރުންތެރިއެކެވެ. މި ރިސޯޓުގައި ވޯލްޑް ކްލާސް ތިން ރެސްޓޯރެންޓް ހިންގާއިރު، މޫދު ކުޅިވަރުތަކާއި ފިޓްނަސް ސެންޓަރެއްގެ އިތުރުން ސްޕާއެއްވެސް ހުރެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އިން ފުރައިގެން 35 މިނެޓުން ދެވޭ ރާސްތާގައި އޮންނަ މިލައިދޫ ރިސޯޓަކީ ސްމޯލް ލަގްޒަރީ ހޮޓެލްސް އޮފް ދި ވޯލްޑުގެ މެންބަރެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.