އުރީދޫއިން ކްލަބް ޕްރިމިޔާ ކަސްޓަމަރުންނަށް ހިލޭ ލައިފް އިންޝުއަރަންސް

ދިވެހި ރައްޔިތުންގެ ދިރިއުޅުން އެއްދުވަހުން އަނެއްދުވަހަށް ތަރައްޤީ ކުރުމަށް މަސައްކަތް ކުރަމުންދާ ރާއްޖޭގެ މުވާސަލާތީ ކުންފުނި އުރީދޫއިން ކްލަބް ޕްރިމިޔާ ކަސްޓަމަރުންނަށް ހިލޭ ލައިފް އިންޝުއަރަންސްގެ ޚިދުމަތް ފޯރުކޮށްދީފި އެވެ.

އުރީދޫން ބުނީ އެލައިޑް އިންޝުއަރަންސް އާއި ގުޅިގެން، އެ ކުންފުނީގެ އެންމެހާ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވަރަށް ހެޔޮ އަގެއްގައި މި ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފުރާނައަށް ގެންލުންވާ ފަދަ ކުއްލި ޙާލަތްތަކުގައި، އާއިލާ އަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ އެލައިޑްގެ ލައިފް އިންޝުއަރަންސް މެދުވެރިކޮށް، އުރީދޫގެ ކަސްޓަމަރުންނަށް އެހީތެރިކަން ލިބިގެންދާނެ ދަނޑިވަޅުތަކަކީ:

  • ގުދުރަތީ ގޮތުން ނުވަތަ އެކްސިޑެންޓެއްގެ ސަބަބުން ފުރާނަ ގެއްލިގެންދިއުން
  • އެކްސިޑެންޓެއްގެ ސަބަބުން ދިމާވާ ޕަރމަނަންޓް ޑިސްއެބިލިޓީ
  • އެކްސިޑެންޓެއްގެ ސަބަބުން ދިމާވާ ޕާޝަލް ޑިސްއެބިލިޓީ

“އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ފައިދާކުރާފަދަ އައު ކަންކަން ބަލައިގަނެ، ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން އަބަދުވެސް އަޙަމިއްޔަތުދެން. ލައިފް އިންޝުއަރަންސް އަކީ، އާއިލާ އަށް އެންމެ އެހީތެރިކަން ބޭނުންވާ ވަގުތުގައި އެހީ ފޯރުކޮށްދޭ، އާއިލާގެ މުސްތަޤްބަލް ރައްކާތެރިކޮށްދޭ މުހިއްމު ޚިދުމަތެއް. ދުނިޔޭގައި ދިމާވެދާނެ ކުއްލި ޙާލަތްތަކަށް އިތުރަށް ތައްޔާރުކޮށްދޭ މި ޚިދުމަތުގެ ސަބަބުން، އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި އާއިލާތަކަށް ހިތްހަމަޖެހުން ލިބިގެންދާނެ ކަމަށް އަޅުގަނޑުމެން އުއްމީދުކުރަން.” އުރީދޫގެ ސީއީއޯ، ނަޖީބް ޙާން ވިދާޅުވި އެވެ.

ކްލަބް ޕްރިމިއާ އަކީ އުރީދޫގެ އެންމެ އަގުހުރި ކަސްޓަމަރުންނަށް ޝުކުރު އަދާކޮށް، އެބޭފުޅުންގެ އަގުވަޒަން ކުރުމަށް ތައާރަފް ކުރެވިފައިވާ ރިވާރޑް ސްކީމެކެވެ. މިގޮތުން، ހުރިހާ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށްވެސް، އެލައިޑްގެ ލައިފް އިންޝުއަރަންސްގެ ޚިދުމަތް ހިލޭ އުރީދޫ އިން ފޯރުކޮށްދޭނެއެވެ. މި ޚިދުމަތް ބޭނުންފުޅުވާ ކަސްޓަމަރުންނަށް، އުރީދޫ ވެބްސައިޓް މެދުވެރިކޮށް ނުވަތަ ކްލަބް ޕްރިމިއާ ލައުންޖައް ޒިޔާރަތް ކުރައްވައިގެން ރަޖިސްޓަރ ކުރެވޭނެއެވެ.

ލައިފް އިންޝުއަރަންސްގެ ޚިދުމަތް ވަރަށް ހެޔޮ އަގެއްގައި އުރީދޫގެ ހުރިހާ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށްޓަކައި، އެކުންފުނިން ދަނީ އެލައިޑް އިންޝުއަރަންސާއި އެކު މަސައްކަތް ކުރަމުންނެވެ. އަދި މި ޕެކޭޖުގެ މައުލޫމާތު ކައިރި މުސްތަޣްބަލެއްގައި އުރީދޫގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނާއި ހިއްސާ ކުރެވިގެންދާނެކަމަށް އުރީދުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.